ހިކެން ނިންމީ އެކްސް އެލް އަދި ޑަބަލް އެކްސް އެލް އަށްވެސް ފިޓު ނުވުމުން

އަނެއްކާވެސް މިއީ އަންހެން ކަނބަލަކު ހިކެން މަސައްކަތްކޮށް ކާމިޔާބީ ހާސިލުކުރި ވާހަކައެކެވެ. ނަމަކީ މަދޫރީ އަނަމްދާސް އެވެ. އިންޑިއާގެ މި ޒުވާނާގެ އުމުރަކީ 23 އަހަރެވެ. ހިކެން އަޒުމް ކަނޑައަޅާ މަސައްކ...

13 Feb 2019 | 23:45

އަނެއްކާވެސް މިއީ އަންހެން ކަނބަލަކު ހިކެން މަސައްކަތްކޮށް ކާމިޔާބީ ހާސިލުކުރި ވާހަކައެކެވެ. ނަމަކީ މަދޫރީ އަނަމްދާސް އެވެ. އިންޑިއާގެ މި ޒުވާނާގެ އުމުރަކީ 23 އަހަރެވެ. ހިކެން އަޒުމް ކަނޑައަޅާ މަސައްކަތް ފެށިއިރު ބަރުދަނުގައި 90 ކިލޯ ހުރި ނަމަވެސް މިހާރު އޭނާގެ ބަރުދަނަކީ 76 ކިލޯއެވެ. 11 މަސް ތެރޭގައި 14 ކިލޯ ވަނީ ދުއްވާލާފައެވެ.

މަދޫރީ ބުނެފައިވާގޮތުގައި ހިކެން މަޖުބޫރުވެއްޖެކަމުގައި ޒަމީރު ގަބޫލުކުރަން ފެށީ އެކި އޮކޭޝަންތަކުގައި ލާނެ ހެދުން ގަންނަން މަސައްކަތްކުރާއިރު އެކްއެލް އަދި ޑަބަލް އެކްސެލް ސައިޒަށްވެސް ފިޓު ނުވާވަރަށް ހަށިގަނޑު ފަލަވުމުންނެވެ. ލާން ބޭނުންވާ ޑިޒައިނެއްގެ ސައިޒެއް ނުލިބި އެކަމަ މާޔޫސްވާން ފެށި ހިސާބުންނެވެ.

މަދޫރީ ހިކެން ކުރި މަސައްކަތް އެހެން ބައެއް ފަރާތްތަކާއި ތަފާތެވެ. އޭނާ ވަކި ހާއްސަ ޑައިޓެއް ނުގެންގުޅެއެވެ. ކެއީ ހަމަ އެހެންޏާވެސް ކައި އުޅޭ، ގެއިން ކާން ލިބޭ ކެއުންތަކެވެ. މެންދުރާއި ރޭގަނޑު ބަތްވެސް ކާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ހިކުމުގެ އެންމެ ބޮޑު ސިއްރަކީ ބޭރުން ކެއުން އެއްކޮށް ހުއްޓާލުން ކަމުގައި އޭނާ ބުނެފައިވެއެވެ.

ނަމަވެސް މަދޫރީ ކަސްރަތު ކުރިއެވެ. އެގޮތުން ހަފްތާއަކު ފަސް ދުވަސް ނުވަތަ ހަ ދުވަހު ޒުމްބާ، ޔޯގާ އަދި ކިކްބޮކްސިން އާއި ޑާންސިން ހިމެނޭގޮތަށް ކަސްރަތު ކުރަމުންދިޔަކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް