ކަރަންޓްދީ އެއާޕޯޓް އާންމު ހާލަތަކަށް ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުތަކެއް ފަހުން އެއާޕޯޓަށް އަލުން ކަރަންޓު ދީފި އެވެ. އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައި...

14 Jan 2020 | 06:37

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުތަކެއް ފަހުން އެއާޕޯޓަށް އަލުން ކަރަންޓު ދީފި އެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑުނު ވަގުތު ބެކްއަޕް ބޭނުންކޮށްގެން ކްރިޓިކަލް ސަރަހައްދުތަކަށް ކަރަންޓު ދިން ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭ އިން ކަރަންޓު ކެނޑުނުއިރު ގިނަ އަދަދެއްގެ ބަޔަކު ފުރަންގޮސް ތިއްބެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ބާރުބޮޑު ވަގުތެއްގައި އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފައެވެ

ފަތުރުވެރިކަމުގެ ހައި ސީޒަނަށް ވާއިރު މިއީ އެއާޕޯޓަށް ބާރު ބޮޑު ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް