ނަސް އަނެއްކާވެސް ރާއްޖެ އަތުވެއްޖެ

މަޝްހޫރު ވީލޮގަރ ނުސައިރު ޔާސީން (ނަސް ޑެއިލީ) ޗުއްތީ ހޭދަކޮށްލުމަށްޓަކައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ. ނަސް މިފަހަރުވެސް ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާއާއި އެކުގައެވެ. އެނާ ދަނީ ދެ މީ...

14 Jan 2019 | 15:09

މަޝްހޫރު ވީލޮގަރ ނުސައިރު ޔާސީން (ނަސް ޑެއިލީ) ޗުއްތީ ހޭދަކޮށްލުމަށްޓަކައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

ނަސް މިފަހަރުވެސް ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާއާއި އެކުގައެވެ. އެނާ ދަނީ ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް މިހާރު މީސް މީޑިއާއަށް ލަމުންނެވެ.

އޭނާ ރާއްޖެ އައިސް މިހާރު ޗުއްޓީ ހޭދަކުރަމުން ދަނީ ރިސޯޓްތަކުގައެވެ. ނަސް އަނެއްކާވެސް ރާއްޖެ އައިސްފައިވި ނަމަވެސް މިހާރު އޭނާވަނީ ވީޑިޔޯ ހެދުން ހުއްޓާލާފައެވެ.

https://www.instagram.com/p/Bsks3AmFonx/

ނަސް އެންމެ ފުރަތަމަ ރާއްޖެ އައިފައިވަނީ މިދިޔަ 2018 ވަނަ އަހަރުގެ މެދުތެރޭގައެވެ. އޭނާވަނި ރާއްޖެ އައިސް ރާއްޖެއާއި ބެހޭގޮތުން ދެ ވީޑިޔޯއެއްްވެސް ހަދާފައެވެ.

އޭގެތެރެއިން ބުރުގާ އަޅާ އަންހެން ކުއްޖަކު ބުރުގާ ނަގަން ބޭނުންވެ، އެކަމަކު މުޖުތަމަޢު އެކަމަށް ހުރަސް އަޅާތީ އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކަ ބުނެ ރާއްޖޭގައި ހަދާފައިވާ ވީޑިޔޯއަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެ ވީޑިޔޯގެ ސަބަބުން ނަސް އަށް ރާއްޖޭގައި އޮތް ބޮޑު ތަރުހީބެއް ވަނީ ގެއްލިފައެވެ.

ނަސް ވީޑިޔޯ ހެދުން ހުއްޓާލާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. ނަސް ވީޑިޔޯ ހެދުން ހުއްޓާލާފައިވަނީ 1000 ދުވަހު މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު އެއް މިނެޓުގެ ވީޑިޔޯއެއް ހެދުމަށް ފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް