ރަސްމީ ދަތުރުފުޅެއްގައި ޑރ ޒާހިރު ސައޫދީއަށް ވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ. ޑރ. ޒާހިރު އިއްޔެ ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމ...

13 Dec 2018 | 07:38

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.

ޑރ. ޒާހިރު އިއްޔެ ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ބެއްލެވުމުގެ ދަށުން މުސްލިމް ވޯލްޑް ލީގުން އިންތިޒާމު ކޮށްގެން ބާއްވާ މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައިނަލްއަޤްވާމީ މިމަހާސިންތާ މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މައްކާގަ އެވެ.

މި މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1200 މަންދޫބުން ބައިވެރި ވެފައިވެއެވެ. މީގެތެރޭގައި މިނިސްޓަރުންނާއި، މުފްތީންނާއި، ދީނީ އިލްމުވެރިންގެ އިތުރުން އިސްލާމީ މުފައްކިރުން ހިމެނެ އެވެ.

މިމަހާސިންތާގައި ތަގުރީރު ކުރުމަށް ހަމަޖެހިފައިވަނީ ޑރ. ޝައުކީ އިބްރާހީމް އައްލާމް އާއި، ލުުބުނާންގެ އައްޝައިޚް އަބްދުއްލަތީފް ދަރްޔާންގެ އިތުރުން މަސްޖިދުލް ޙަރަމްގެ އިމާމު އައްޝައިޚް އަބްދުއްރަހްމާން އަލްސުދައިސް އެވެ.

މިނިސްޓަރ ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް