ހުޅުމާލޭ ހައިވޭގައި އެކްސިޑެންޓެއްގައި ހިނގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާގައި އަނިޔާވެފައިވަނީ ލ.ކަލައިދޫ 36 އަހަރާއި 29 އަހަރުގެ ދެފިރެހެނުން ކަމަށެވެ. އަދި އެދެމީހުން އެހޮސްޕިޓަލަށް ގެނެސްފައިވަނީ ފަތިހު 05:30 ގައި ކަމަށެވެ.
ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ދެމީހުންވެސް އިތުރު ފަރުވާ އަށް މިހާރު ވަނީ އައިޖީއެމްއެޗަަށް ބަދަލުކޮށްފައެވެ.
މި ދެ މީހުންނަކީ ވެސް އެއް ސައިކަލެއްގަ ދިޔަ ދެމީހުންނެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވާއިރު މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް