ކުރެންދޫ އައިލެންޑް ރިސޯޓްގެ ގިފްޓް ޝޮޕަށް ބޭނުންކުރާ ގުދަނުގައި ރޯވެ އަނދައިފިއެވެ.
އެމްއެންޑީއެފުން ބުނަފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 12:48 ގައި ކަމަށެވެ. އަދި އަލިފާން ނިއްވާލެވިފައި ވަނީ ރޭ ފަތިހު ހަތަރެއް ޖެހިއިރު ކަމަށެވެ.
މި ގުދަނުގައި ހިފާފައިވާ އަލިފާން ނިއްވާލެވުނުއިރު އެތަނުގައި ހުރި މުދާތަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ރޯވެ އަނދާފައެވެ.
އެމްއެންޑީއެފުން ހާމަ ކޮށްފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް