ސަފީރަކާ ބައްދަލުކުރީތީ ގއ އަތޮޅު ކައުންސިލްގެ ތިން މެމްބަރުން ތިން މަހަށް ސަސްޕެންޑް ކޮށްފި

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރެފައިވާ ސާކިއުލާއާއި ހިލާފަށް ބޭރުގެ ސަފީރަކާ ބައްދަލުކުރި މައްސަލައިގާ ގއ އަތޮޅު ކައުންސިލްގެ ތިން މެމްބަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ....

13 Dec 2017 | 14:02

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރެފައިވާ ސާކިއުލާއާއި ހިލާފަށް ބޭރުގެ ސަފީރަކާ ބައްދަލުކުރި މައްސަލައިގާ ގއ އަތޮޅު ކައުންސިލްގެ ތިން މެމްބަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ..

ސަސްޕެންޑް ކުރިކަން އަންގާފައިވަނީ އެލްޖީއޭއިން އެ ކައުންސިލްގެ ޒިންމާދާރުވެރިޔާއަށް ފޮނުވާފައިވާ ސިޓީއެއްގައި އެވެ.

އެ ސިޓީގައި ބުނެފައިވަނީ ސާރކިއުލާއިން ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާ ލޯކަލް ކައުންސިލްތަކުން ބައްދަލުކޮށް މުއާމަލާތު ކުރުމުގެ އިޖުރާއަތު ބަޔާންކޮށްފައިވަނިކޮށް، އެ އިޖުރާއަތުތަކާ ހިލާފަށް، ގއ އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާ ނުލައި ބޭރުގެ ސަފީރަކާ ބައްދަލުކޮށްފައިވާކަން މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އޮތޯރިޓީން ސާފުކުރި މައުލޫމާތުން ކަށަވަރުވެފައިވާތީ، ހުވަދުއަތޮޅު އުތުރުބުރީ ކައުންސިލްގެ އެ އަމަލަކީ އޮތޯރިޓީގެ ބޯޑުން ފާސްކުރައްވާފައިވާ އުސޫލާ ހިލާފު އަމަލެއް ކަމަށްވާތީ މިއަދު ބޭއްވުނު މި އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމުން އަންނަނިވި ކަންކަން ވަނީ ފާސްކުރައްވާފައި ކަމަށެވެ.

އެގޮތުން 13 ޑިސެމްބަރު 2017 އިން ފެށިގެން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސް ދުވަހަށް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑް ކުރުމާއި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލުކުރުން މަނާކުރުމާއި އަދި ކައުންސިލަރުންގެ ސަސްޕެންޑް މުއްދަތުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަސްވަރާގެ މަތީން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެހުރި ފަރާތްކަން އަންގާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް