މާލޭ ބުރިޖަށް ރާޅު އަރާކަމަށްބުނެ އެނބުރި ވީޑީއޯއިން ސިންގަޕޫރު ސިއްސުވާލައިފި !

މާލެ ހުޅުމާލެ ބްރިޖުގެ މައްޗަށް ރާޅު ޖަހާ މަންޒަރު ކަމަށްބުނެ މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި އެނބުރި ވީޑިއޯއިން ސިންގަޕޫރު ރައްޔިތުން ސިއްސުވާލައިފި އެވެ. މިކަން ވީގޮތަކީ ސިންގަޕޫރު ބަޔަކު...

13 Dec 2017 | 11:10

މާލެ ހުޅުމާލެ ބްރިޖުގެ މައްޗަށް ރާޅު ޖަހާ މަންޒަރު ކަމަށްބުނެ މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި އެނބުރި ވީޑިއޯއިން ސިންގަޕޫރު ރައްޔިތުން ސިއްސުވާލައިފި އެވެ.

މިކަން ވީގޮތަކީ ސިންގަޕޫރު ބަޔަކު މި ވީޑިއޯއަކީ ސިންގަޕޫރުގެ ބެޑޮކް ޖެޓީ މައްޗަށް ރާޅު އަރާ މަންޒަރުކަމަށް ބުނެ މި ވީޑީއޯ ދައުރު ކުރަން ފެށީ އެވެ.

މި ވީޑިއޯ ދައުރުކޮށްފައިވަނީ ވަރުގަދަ އިންޒާރަކާވެސް އެކީގަ އެވެ.

އެ އިންޒާރުގައި ބުނެފައިވަނީ " މި ވީޑިއޯއަކީ މީގެ ކުޑައިރުކޮޅެއް ކުރިން ބެޑޮކް ޖެޓީއަށް އެރި ރާޅުތަކެއްގެ ވީޑީއޯ" ކަމަށެވެ. އަދި ރައްޔިތުން ބެޑޮކް ޖެޓީއަށް ނޭރުމަށްވެސް އެ ވީޑިއޯ ދައުރު ކުރި މީހުން އިންޒާރު ކޮށްފައި ވެ އެވެ. ވީޑީއޯ ދައުރު ކުރި މީހުން ބުނެފައިވަނީ އެއީ ސުނާމީ އެއް ކަމަށެވެ.

މި ހަބަރު ސިންގަޕޫރުގެ ސްޓްރެއިޓް ޓައިމްސް އިން ވެސް ގެނެސްދިނެވެ. ނަމަވެސް ފަހުން އެމީހުންނަށްވެސް ވަނީ މި ވީޑީއޯގެ ހަގީގަތް އެނގިފަ އެވެ. ސިންގަޕޫރު ޓައިމްސް އިން ފަހުން ހާމަކޮށްފައިވާގޮތުގައި މި ވީޑިއޯއަކީ މަލިކުގެ ޖެޓީއަކަށް ރާޅު އަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް