އައިމެކް ޕްރޯ މާދަމާ ބާޒާރަށް – އަގު 77 ހާސް ރުފިޔާ

މި އަހަރުގެ ޖޫން މަހު އެޕަލް އިން ވީ ވައުދު މި މަހުގެ 14ގައި ފުއްދަން ނިންމައިފި އެވެ. އެއީ އެޕަލްގެ އައިމެކް ޕްރޯ މާދަމާ ވިއްކަން ފެށުމެވެ. މި ޑެސްކްޓޮޕް މި މަހުގެ 14ގައި ލޯންޗު ކުރަން ނިންމާފައިވާއި...

12 Dec 2017 | 22:59

މި އަހަރުގެ ޖޫން މަހު އެޕަލް އިން ވީ ވައުދު މި މަހުގެ 14ގައި ފުއްދަން ނިންމައިފި އެވެ. އެއީ އެޕަލްގެ އައިމެކް ޕްރޯ މާދަމާ ވިއްކަން ފެށުމެވެ.

މި ޑެސްކްޓޮޕް މި މަހުގެ 14ގައި ލޯންޗު ކުރަން ނިންމާފައިވާއިރު އަގު ފެށެނީ 4999 ޑޮލަރުންނެވެ. ދިވެހި ރުފިޔާއިން ބަލައިފިނަމަ އެއީ 77 ހާސް ރުފިޔާ އެވެ.

18 ކޯރ ޒިއޮން ޕްރޮސެސަރ އެއް ހިމަނާފައިވާ މި ޑެސްކްޓޮޕްގައި މެމޮރީ އަކީ 128 ޖީބީ އެވެ. ސްޓޯރޭޖް ކެޕޭސިޓީއަކީ 4 ޓީބީ އެވެ. 4 ކޭ ވީޑީއޯ އެޑިޓް ކުރުމަށާއި 3ޑީ މަސައްކަތްތައް ކޮށްލުމަށް މި އުފެއްދުމަކީ އެންމެ ގާބިލް އެއް އުފެއްދުން ކަމުގައި އެޕަލްއިން ހާމަކޮށްފައި ވެ އެވެ.

އެޕަލްއިން މި އަހަރު ޖޫން މަހުގައި ކެލިފޯނިއާގެ ސެން ޖޯސްގައި ބޭއްވި ވޯލްޑްވައިޑް ޑެވެލޮޕާ ކޮންފަރެންސްގައި މި އުފެއްދުން ދައްކާލަފައި ވެ އެވެ. އޭރުވެސް އެޕަލް އިން ބުނެފައިވަނީ މި އުފެއްދުން ޑިސެމްބަރު މަހުގައި ވިއްކަން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް