ކުރިއަރަމުން ތަރައްޤީވަމުން އަންނަ ޒަމާނާއި އެއްވަރަށް މީހުންގެ މިޒާޖާއި އުޅުންވެސް ބަދަލުވެގެންދެއެވެ.
އެގޮތުން ރީތިވުމާއި ޒީނަތްތެރިކަން ދެއްކުމަށް އެތައް ގޮތެއް މިއަދު ފެންނަން އޮންނައިރު، ގިނަ މީހުން ބަލަނީ ތިމާގެ މުއްސަނދިކަން ދެއްކުމަށްޓަކައި މޮޅެތި އަގު ބޮޑު ކޮންމެވެސް އެއްޗެއް ގެންގުޅުމަށެވެ.
މިގޮތުން ހެދުން އެޅުމާއި، ބޭނުންކުރާ ގަހަނާއާއި، ގެންގުޅޭ އެހެނިހެން އެއްޗެހީގެ ސަބަބުންވެސް އެއީ ކޮންކަހަލަ މީހެއްކަން ދަނެގަނެވެއެވެ.
އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގައި މީގެ ކުރިން އާންމުކޮށް ދީ އުޅެނީ ދިރިއުޅޭ މާހައުލުން ލިބޭ ކޮންމެވެސް އެއްޗެއް ނަމަވެސް މިއަދު އެ ސަގާފަތް ބަދަލުވެ ހަދިޔާގެ ގޮތުގައި މޭކަޕް، ހެޔަރ ކެއަރ، ކޮސްމެޓިކްސް، ގަހަނާ، އަދި ވަކިން ހާއްސަކޮށް މީރުވަސްދުވާ ސެންޓްފުޅިތައް ދޭން މިވަނީ ފަށައިފަ އެވެ.
މި ލިޔުމުގައި ކުރު ގޮތަކަށް މިބަލާލަނީ ސެންޓް ބޭނުންކުރާ ފަރާތްތަކުގެ ޝަހުސިއްޔަތު ދަނެގަނެވޭނީ ކިހިއްނެއް ކަމެވެ. ގިނަ ބަޔަކު މިފަދަ ވާހަކައެއް ދެއްކުމުން ޤަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް ހަޤީޤަތަކީ އެމީހަކު އެ ބޭނުންކުރާ ސެންޓުން އެމީހަކާއި މެދު ވަރަށް ގިނަ ވާހަކަ ދެކެވިދާނެކަމެވެ. ދެނެގަނެވިދާނެ ކަމެވެ.
ސިޓްރަސް:- ސިޓްރަސް މިވަހަކީ ވަރަށް ތާޒާ އަދި ބާރުގަދަ ވަހެއް އެކުލެވޭ އެއްޗެކެވެ. މާމެލާމެލީގެ ވަސް ނުވަތަ ފޮނި ވަހެއް އެކުލެވިގެން ވާއިރު މިފަދަ ސެންޓަށް ލޯބިކުރާ މީހުންނަނީ ވަރަށް ކެރޭ އަދި ކޮންމެ ކަމެއްވެސް ދިމާލަށް ބުނެލަން ކެރޭ މީހުންނެވެ. މިފަދަ މީހުންނަކީ ލީޑަރޝިޕްގައި މަސައްކަތްކުރާ، އަދި ލީޑަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ ލީޑަރުންނެވެ.
ލެވެންޑަރ:- ތިޔައިގެ ތެރެއިން ލެވެންޑަރއަށް ލޯބިކުރަނީ ކިތައް މީހުންބާ؟ ލެވެންޑަރ އަކީ ގިނަ ބަޔަކު މިހާރު ޤަބޫލުކުރާ ގޮތުގައި އުމުރުން ދުވަސްވީ މީހުން އެންމެ ގިނައިން ބޭނުންކުރި އެކައްޗަކަށްވާއިރު، ލެވެންޑަރއަކީ މިވަގުތު އެންމެ ގިނަ ވައްތަރުގެ ސެންޓުގެ ބާވަތްތައް ހުރި އެކައްޗެވެ. އެހެންނަމަވެސް މިވަހަށް ލޯބި ކުރަނީ ވަކި ބައެއްކަން ފާހަގަކޮށްލެވެ. ލެވެންޑަރގެ ވާހަކީ ކައިރީގައި ތިބޭ މީހުންނަށްވެސް އެވަހުގެ ސަބަބުން ހިތް ހަމަޖެހުން ގެނުވައިދޭ، އަދި އެވަހުން އެމީހަކީ ނިކަން ކަންކަމަށް ކެރޭ ހިތްވަރުގަދަ މީހެއްކަން އެހެން މީހުންނަށް އިހުސާސްކުރުމުގެ ފުރުޞަތު ބޮޑު ވަހެކެވެ. ލެވެންޑަރއަށް ލޯބިކުރާ މީހުންނަކީ ވަރަށް މީހުންނާއި ގުޅޭ އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެކެވެ.
ސެންޑަލްވުޑް: ތިޔައީ ސްކޫލު ދައުރުގައި ކިޔެވުމަށް މޮޅު ކުއްޖެއްތަ؟ ސެންޑަލްވުޑް ވަހުން ދޭހަކޮށްދެނީ އެއީ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުގައި ހުންނަ މީހެއް ކަމެވެ. ސެންޑަލްވުޑް އަކީ ވުޑީ ނުވަތަ ވަކަރު ފަދަ ތަކެތީގައި ހުންނަ ކަހަލަ ވަހެއް އެކުލެވޭ ސެންޓެކެވެ. އެހެންކަމުން މިއީ ވަރަށް ހިތްގައިމު، ހިތްހަމަޖެހޭ، އަދި މިސެންޓް ބޭނުންކުރާ މީހުންނަކީ ފުރިހަމަ ބައެއްގެ ގޮތުގައި ސިފަކުރެވެ ފަދަ ވަހެއް އެކުލެވޭ ސެންޓެކެވެ. ހައި އެޗީވަރއެއްގެ ގޮތުގައި މި ސެންޓް ބޭނުންކުރާ މީހުންގެ ޝަހުސިއްޔަތު ދައްކުވައިދޭއިރު މިފަދަ މީހުންނަކީ ވަރަށް އަޚްލާޤް ރަނގަޅު، ކަމަށް ކަމޭ ހިތާ އަދި އާއިލާއާއި ރައްޓެހިންނަށް ވަރަށް ހިތްހެޔޮ ބައެކެވެ.
ކޮޓަން އަދި ލިނެން ސްމެލް: މިއީ ވަރަށް ތަފާތު މީހުން ބޭނުންކުރާ ސެންޓެކެވެ. މިފަދަ މީހުން ކޮންމެ ފަދަ ގޮންޖެހުމަކާއި ކުރިމަތިވިޔަސް އެކަމަކާއި ކުރިމަތިލާނެ އެވެ. އެހެންނަމަވެސް މިފަދަ މީހުން ވަކި ލިމިޓެއް އަބަދުވެސް ކަނޑައާނެއެވެ. އެއީ މޮޅުވުމާއި ދެރަވުން ކަމަށްވިޔަސްމެވެ. މިއީ ވަރަށް ގޮތުގައި ހިފަހައްޓާ ބައެއް ކަމަށް ޤަބޫލުކުރެވެއެވެ.
ޖޭސްމިން: މިވަހަކީ ވަރަށް އަރާމު ވަހެއް ހުންނަ އެހެންނަމަވެސް މިވަސް ޖެހުމުން އެހެން މީހުންގެވެސް ޖޯޝް ގެނުވައިދޭ ފަދަ ވަހެކެވެ. މި ސެންޓް ބޭނުންކުރާ މީހުންނަކީ 24 ގަޑިއިރުވެސް ޕާޓީތަކަށް ނުވަތަ ޑާންސަށް ލޯބިކުރާ ބައެކެވެ. މިފަދަ މީހުން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝޯވް ފަދަ ތަންތަނަށް ދާނެއެވެ. މިއީ ދިރިއުޅުމުގައި ހިޔާލެއް ފިކުރެއް ނެތި ގިނަ ވަގުތު މަޖަލުގައި ހޭދަކުރަން ބޭނުންވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް