ޗައިނާގެ ފަތުރުވެރިއަކު އިމިގްރޭޝަނަށް ފެން ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެ އައި ފަތުރުވެރިއެއްގެ އާއިލާއިން ފެންކޭސްތަކެއް އިމިގްރޭޝަނަށް ހަދިޔާކޮށްފި އެވެ. މިއަދު މެންދުރު އައި މި ފަތުރުވެރިއާއާއި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ފަރާތުން ވަނީ 10 ފެން ކޭސް...

13 Dec 2014 | 11:55

ޗައިނާއިން ރާއްޖެ އައި ފަތުރުވެރިއެއްގެ އާއިލާއިން ފެންކޭސްތަކެއް އިމިގްރޭޝަނަށް ހަދިޔާކޮށްފި އެވެ.

މިއަދު މެންދުރު އައި މި ފަތުރުވެރިއާއާއި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ފަރާތުން ވަނީ 10 ފެން ކޭސް އިމިގްރޭޝަނަށް ހަދިޔާކޮށްފައި އެވެ. ފެން ހަދިޔާކުރި މެއި ބުނީ އެނާ ރާއްޖެ އަންނަމުން ފެން ގެނައީ މާލޭގައި ފެނުގެ ދަތިކަން އުޅޭ ހަބަރު އިންޓަނެޓް މެދުވެރިކޮށް ލިބުމުން ކަމަށެވެ.

އަދި އިމިގްރޭޝަނަށް ފެން ހަދިޔާ ކުރަން ނިންމީ އިމިގްރޭޝަންގެ މުވައްޒަފުންނަކީ އެންމެ ފުރަތަމަ ބައްދަލުވާނެ މީހުންނަށް ވާތީ އެމީހުންނާއި ދޭތެރޭ ހަމްދަރުދީވެގެން ކަމަށް އޭނާ ބުންޏެވެ. މައި ބުނީ އޭނާ ރާއްޖެއަށް ފެންގެނައީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމެއްތިކަމުގެ ސަބަބުން އެކަކު އަނެއްކަކަށް އެހީވުމަށް ކަމަށެވެ.

އޭނާގެ އާއިލާއިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި މީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް