ވަގަށް ނަގާފައިވާ އައިސްއަލަމާރިއަކާއި ދޮންނަމެޝިނެއް ހޯދާ، ވަގު ހައްޔަރުކޮށްފި

ނ. ވެލިދޫ ގެއަކުން ވަގަށް ނަގާފައިވާ އައިސް އަލަމާރިއަކާއި ދޮންނަ މެޝިނެއް ހޯދައި އެތަކެތި ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފަ...

13 Dec 2014 | 10:09

ނ. ވެލިދޫ ގެއަކުން ވަގަށް ނަގާފައިވާ އައިސް އަލަމާރިއަކާއި ދޮންނަ މެޝިނެއް ހޯދައި އެތަކެތި ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، 2014 ޑިސެމްބަރު 08 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން، އެ ވައްކަމުގައި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން 2014 ޑިސެމްބަރު 12 ވަނަ ދުވަހު އެ ރަށު ދަންވަރުގެ ބަލައި ފާސްކުރުމަށްފަހު ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި ވައްކަމުގެ މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް