އައިއެސް އިން އިރާގުގެ ހެލިކޮޕްޓަރެއް ވައްޓާލައިފި

އިރާގުގެ ސަމައްރާ ސަރަހައްދުގައި އުދުހެމުންދިޔަ އިރާގުގެ އަސްކަރީ ހެލިކޮޕްޓަރެއް އައިއެސްއިން ވައްޓާލައި އެ ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން މަރާލާފައިވާކަމަށް އިރާގުގެ އޮފިޝަލުން ބުނެފި އެވެ. އައިއެސްއިނ...

13 Dec 2014 | 10:02

އިރާގުގެ ސަމައްރާ ސަރަހައްދުގައި އުދުހެމުންދިޔަ އިރާގުގެ އަސްކަރީ ހެލިކޮޕްޓަރެއް އައިއެސްއިން ވައްޓާލައި އެ ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން މަރާލާފައިވާކަމަށް އިރާގުގެ އޮފިޝަލުން ބުނެފި އެވެ.

އައިއެސްއިން ހަމަލާދީ މި ހެލިކޮޕްޓަރު ވައްޓާލީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން އިރާގުގެ އޮފިޝަލުން ބުނީ އައިއެސްއިން އިރާގުގެ އަސްކަރީ ހެލިކޮޕްޓަރު ވައްޓާލީ ކޮނޑުމަތީގައި އުފުލާ ރޮކެޓް ލޯންޗާތައް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ވައްޓާލީ ކޮން ވައްތަރެއްގެ ހެލިކޮޕްޓަރެއް ކަމެއް އަދި އެ ހެލިކޮޕްޓަރުގައި ތިބީ ކިތައް މީހުން ކަމެއް އިރާގުގެ އޮފިޝަލުން ހާމައެއް ނުކުރެ އެވެ.

އައިއެސް އިން އިރާގުގެ ތިންބައިކުޅަ އެއްބައިގެ ކޮންޓްރޯލް ހޯދާފައިވާއިރު އައިއެސް ނައްތާޅުމަށް އެމެރިކާއިން އިސްވެ އޮވެ ކުރަމުން އަންނަ ހަނގުރާމައިގާ މީގެ ކުރިންވެސް މި ސަރަހައްދުން އިތުރު ދެ ހެލިކޮޕްޓަރެއް އައިއެސް އިން ވައްޓާލާފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް