ބަންގްލަދޭޝް އަސްކަރީ މަނަވަރުގެ ކެޕްޓަން މިނިސްޓަރު ނާޒިމްއާ ބައްދަލު ކުރައްވައިފި

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރު ބީއެންއެސް ސޮމުޑްރާ ޖޯއި ގެ ކޮމާންޑިންގ އޮފިސަރ، ކެޕްޓަން ވާހިދު ޙަސަން ކުތުބުއްދީން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާ...

13 Dec 2014 | 09:46

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރު ބީއެންއެސް ސޮމުޑްރާ ޖޯއި ގެ ކޮމާންޑިންގ އޮފިސަރ، ކެޕްޓަން ވާހިދު ޙަސަން ކުތުބުއްދީން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބަންޑާރަކޮށީގައި ގައި ބޭއްވި މި ބައްދަލުވުމުގައި މާލެއަށް މިހާރު ކުރިމަތިވެފައިވާ ފެނުގެ މައްސަލައަށް ހައްލު ކޮށްދެއްވުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝް އަސްކަރިއްޔާއިން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި ބަންގްލަދޭޝް ސަރުކާރަށާއި ބަންގްލަދޭޝް އަސްކަރިއްޔާ އަށް އިޚުލާޞްތެރިކަމާއެކު ޑިފެންސް މިނިސްޓަރ ޝުކުރު އަދާކުރެއްވި ކަމަށެވެ.

އަދި މާލޭގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމަށްޓަކައި ބަންގްލަދޭޝްގެ މަނަވަރު ބީއެންއެސް ސޮމުޑްރާ ޖޯއިގެ އޮފިސަރުންނާއި ސެއިލަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، އެފަރާތްތަކަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ޝުކުރު އަދާކުރެއްވި ކަމަށްވެސް އެމްއެންޑީއެފުން ބުނއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް