ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

މާދަމާ ބާއްވާ ރައްޔިތުންގެ މަޖޖިލީހުގެ ޖަލްސާއަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި އެވެ. މަޖިލީހުގެ އާންމު ޖަލްސާތައް ބާއްވާ ދުވަސް ނޫން ދުވަހެއްކަމަށްވާ އާދިއްތަ ...

13 Dec 2014 | 08:36

މާދަމާ ބާއްވާ ރައްޔިތުންގެ މަޖޖިލީހުގެ ޖަލްސާއަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ އާންމު ޖަލްސާތައް ބާއްވާ ދުވަސް ނޫން ދުވަހެއްކަމަށްވާ އާދިއްތަ ދުވަހު ބާއްވާ އެ ޖަލްސާގެ އެޖެންޑާގައި ވަނީ އެ މައްސަލަ އެކަންޏެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ހޯމަ ދުވަހާއި އަންގާރަ އަދި ބުދަ ދުވަހު އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި، ފަޑިޔާރު މުއުތަސިމް އަދުނާނު މަގާމުން ވަކި ކުރަން ޖޭއެއްސީން ފާސްކުރީ ކޯޓު ތަކާއި ބެހޭ ގާނޫނަށް ގެނައި އިލްލާހަކާއި ގުޅިގެންނެވެ. އެ އިސްލާހުގައި ވާގޮތުން ބިލް ތަސްދީގު ކުރާތާ ދެ ދުވަސްތެރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ވަކި ކުރަން ބޭނުންވާ ދެ ފަނޑިޔާރަކު ޖޭއެސްސީން ނިންމަން ޖެހެއެވެ. ޖޭއެސްސީން އެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އަދި މަޖިލީހުން އެ ދެ ފަނޑިޔާރުން ވަކި ކުރުމާއި މދެު ހަތް ދުވަސްތެރޭ ގޮތެއް ނިންމަންޖެހެ އެވެ.

އެ ވޯޓު މާދަމާ ނެގުމަށް ހަމަޖެހިފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާއި ދެކޮޅަށް ވޯޓު ދޭން ނިންމާފައި އެވެ. އަދި އެމްޑީޕީގެ ހުރިހާ މެންބަރުން މާދަމާ މަޖިލީހަށް ހާޒިރުވުމަށް ނިންމާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް