ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ހޯދަނީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ފުލުހުން ބުނީ އެ މީހާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ  ގާތްގަނޑަކަށް 08:00 އެހާއިރު ކަމަށާ...

13 Dec 2014 | 07:15

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މީހާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ  ގާތްގަނޑަކަށް 08:00 އެހާއިރު ކަމަށާއި ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެއީ އުމުރުން 28 އަހަރުގެ ފިރެހެނެކެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާއި ގުރައިދޫ ކައުންސިލާއި ކޯސްޓް ގާޑު ގުޅިގެން ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދާކަމަށެވެ.

https://twitter.com/Min_LawGender/status/543666059065036800

އެމީހާ ނެތްކަން އެނގުނީ ރޭ ބޭސް ދޭންވެގެން ނަރުހުން އޭނާ ކައިރިއަށް ދިޔައިރު ނެތުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް