ޕްލާސްޓިކު ހުސްފުޅި އެއްކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މާލޭގައި ދިމާވި ފެނުގެ މައްސަލައަށް ހައްލެއް ލިބެމުންދާއިރު ހުސްފުޅި ގިނވަމުންދާތީ ޕްލާސްޓިކް ހުސްފުޅި ހޯދައި، އެތަކެތި ނައްތާލުމުގެ ޕްރޮގްރާމެއް ސްކައުޓް އެސޯސިއޭޝަނުން ފަށައިފި އެވެ.ެ އެ ޖަމިއްޔާއިނ...

13 Dec 2014 | 06:50

މާލޭގައި ދިމާވި ފެނުގެ މައްސަލައަށް ހައްލެއް ލިބެމުންދާއިރު ހުސްފުޅި ގިނވަމުންދާތީ ޕްލާސްޓިކް ހުސްފުޅި ހޯދައި، އެތަކެތި ނައްތާލުމުގެ ޕްރޮގްރާމެއް ސްކައުޓް އެސޯސިއޭޝަނުން ފަށައިފި އެވެ.ެ

އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ  މާލޭގެ ގެތަކުގައި ބޭނުންކޮށްފައިވާ ޕްލާސްޓިކް ހުސްފުޅިތައް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10 ން 12 އަށް އަދި މެންދުރުފަހު 02 ން 06 އަށް ވަކި ތަންތަނަކުން ބަލައިގަންނާނެ ކަމަށެވެ.

ހުސްފުޅި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަލިމަސް ކާނިވަލުގެ މައި ދޮރާށި ކުރިމައްޗާއި ވެލާނާގެ ޕާކިން ޒޯނާއި އަރަބިއްޔާ ސްކޫލާއި ކަލާފާނު ސްކޫލާއި ގަލޮޅު ދަނޑުގެ އޮލިމްޕަސް ކުރިމަތީ ގޭޓާއި މޯލްޑިވްސް މީޑިއާއ ކައުންސިލް ކުރިމަތިންނާއި ޖަމާލުއްދީން ސްކޫލް ކުރިމައްޗާއ ކާމިނީ ޝޮޕިން ކޮމްޕްލެކްސްގެ އިރަށް އޮންނަ ހުސްބިމާއި ނަލަހިޔާ ކުރިމަތީގައި އޮންނަ ބަސް ހުއްޓި އަދި މ. ބޮޑުގޭ ކައިރިން ނެވެ.

މާލެ އަށް ކުރިމަތިވި ފެނުގެ ހާދިސާއާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުން ވަނީ ފުޅީގައި ބަންދުކުރި ފެން ހަދިޔާކޮށްފަ އެވެ. އެ ފުޅިތައް ރައްކާތެރި ގޮތުގައި ނައްތާލުމަކީ، މި މަޝްރޫއުގެ އެންމެ މުހިންމު ބޭނުންކަމަށް އެ އެސޯސިއޭޝނުން ބުނެ އެވެ.

ސްކައުޓް އެސޯސިއޭޝަނުން ކުރިޔަށް ގެންދާ މި ޕްރޮގްރާމް އަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ އަދި އެސްޓީއޯއާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް