މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ބާޖެއް ރޭ އަޑި އަށް ދިއުމާ ގުޅިގެން ފަޅުތެރެ އަށް ތެޔޮ އެޅިއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި ތާސީރު ކެފޭއާ ދިމާލުން ފަޅުތެރޭގައި އަޅާފައި އޮތް "ފިޔަލަ" ނަމަކަށް ކިޔާ ބާޖު އަޑި އަށް ގޮސްފައި ވަނީ ރޭ 12:50 ހާއިރު އެވެ.
އެ ބާޖުގައި 20،000 ލީޓަރުގެ ޑިސަލް ހުރުމުން ކޮންމެސް ވަރަކަށް ފަޅުތެރެއަށް ތެޔޮ ލީކުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ސިފައިންގެ ޑައިވަރުންނާއި އަލިފާން ނިއްވާ މީހުން ބާޖުގެ ވެރިފަރާތާ ގުޅިގެން ކުރި މަސައްކަތުން އެ ބާޖުން ދިޔަ ހިއްކައި ތިލަކުރެވުނީ ފަތިހު 3:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ބާޖުގައި ފަންސާހަކަށް ފޫޓް ހުރެ އެވެ.
މި ބާޖު ތިލަކުރުމަށާއި ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ފަޔާ އެންޑް ރެސްކިއުއާއި މާލޭ އޭރިއާ ކޯސްޓް ގާޑު ގުޅިގެން ކަމަށްއެމްއެންޑީއެފުން ބުންޏެވެ.
ބާޖުން ފަޅުތެރެއަށް ތެޔޮ އެޅުމާއި ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ސަރަހައްދު ރަނގަޅަށް ސާފު ނުވަނީސް އެ ތަނަށް މޫދަށް އެރި ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް