ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ސީޒަންގައި ޗެލްސީއަށް އެއްވެސް ކުޅުންތެރިޔަކު ނުގެންނާނެ ކަމުގައި އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނެފައިވަނީ ޗެލްސީއަށް މިހާރުގެ ސްކޮޑާއެކު މިސީޒަން ކާމިޔާބު ކަމާއެކު ނިންމާލެވިދާނެ ކަމުގައެވެ. " ޕްރިމިއަރ ލީގުގެ އެއްވަނައިގައި، ޗެމްޕިއަންސްލީގު ގްރޫޕްގެ އެއްވަނައިގައި، ކެޕިޓަލް ވަން ކަޕްގެ ކުއަރޓާގައި، މިއަކަށްވުރެ ވަކި މޮޅުތަކެއް ނުވެވޭނެ" މޮރީނިއޮ އިތުރަށް ބުންޏެވެ.
ޕްރިމިއަރލީގުގައި މިރޭ ހަލްސިޓީއާއި ދެކޮޅަށް ނިކުންނައިރު ބެލްޖިއަމް ކީޕަރ ކޯޝުއާ އަނިޔާގެ ސަބަބުން މިރޭ ނުފެންނާނެ ކަމަށްވެސް މޮރީނިއޯވަނީ ބުނެފައެވެ. އޭގެ ބަދަލުގައި ޗެލްސީގެ ގޯލް މިރޭ ބަލަހައްޓާނީ ޕީޓަރ ޗެކެވެ.
ޖެނުއަރީ ޓްރާންސްފާ ސީޒަނަށް ގިނަ ކުލަބުތަކުންވަނީ ކުޅުންތެރިންނަށް ފާރަލަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް