ތުޅާދޫ ދާއިރާ ފަރިތަކަމާއެކު ދަންނަ ތުޅާދޫ އަތީފް ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ތުޅާދޫ ދާއިރާގެ ގޮޑިއަށް ވާދަކުރައްވާނެކަމަށް ހާމަކުރައްވައިފިއެވެ.
އަތީފް ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާނެކަމަށް ހާމަކުރައްވާފއި ވަނީ މިއަދު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓުގައިވަނީ ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެން ބޭނުންވާ ކަމަށާއި، މިކަން ކުރުމަށްޓަކައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރުކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އަތީފް ކުރިމަތިލައްވަނީ އަމިއްލަ ގޮތުން ކަމެއް ނުވަތަ ޕާޓީއެއްގެ ޓިކެޓްގައި ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނުވަ އަހަރު ފުލުހުންގެ ވަޒީފާ އަދާކުރެއްވި އަދި މީގެ ކުރިން ޕޮލިސް މީޑިޔާ އޮފިޝަލްގެ މަޤާމްވެސް އަދާކޮށްފައި އަތީފް ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރ ކަމަށް ކުރިމަތިލާން ނިންމާފައިވާއިރު ޤާނޫނީ ވަކީލު ޙިޝާން ހަސަންވެސް ވަނީ މިދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާނެކަމަށް އިޢުލާނުކޮށްފައެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔަމީނުގެ ކެމްޕެއިނުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ޕީޕީއެމްގެ ތުޅާދޫ ބޮޑު ގޮފީގެ ރައީސް އަތީފްގެ އިތުރުން އަށް މީހަކު ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާކަން މިހާރުވަނީ ހާމަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އަހަރުގެ މާރޗް ނުވަތަ އޭޕްރީލް މަހުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް