އަލްހާން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް ޕާޓީ ބަދަލު ކުރުމުގެ ރެކޯޑު ދަމަހައްޓައިފި

ސިޔާސީ މައިދާނުގައި އެންމެ ގިނައިން ޕާޓީ ބަދަލުކުރާ، "ޕަބްލިކް ފިގާ"އެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އަލްހާން ފަހުމީ މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް އެ ލަގަބު ދަމަހައްޓައިފިއެވެ. ރައްޔިތުންގެ މ...

13 Nov 2018 | 14:28

ސިޔާސީ މައިދާނުގައި އެންމެ ގިނައިން ޕާޓީ ބަދަލުކުރާ، "ޕަބްލިކް ފިގާ"އެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އަލްހާން ފަހުމީ މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް އެ ލަގަބު ދަމަހައްޓައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ އަލްހާން މިއަދު އަނެއްކާވެސް ޖުމްހޫރީ ޕާޓީއާއި ގުޅިފައިވަނީ އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސޮއި ކުރެއްވުމަށްފަހު ޕާޓީގެ މެމްބަރޝިޕް ހަވާލުކުރައްވާފައިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަތްޕުޅަށެވެ.

މީގެ ކުރިންވެސް ވޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ  އަލްހާން މީގެ ކުރިން ވަނީ ޑީއާރްޕީއާއި، އެމްޑީޕީގެ އިތުރުން އަދި ޕީޕީއެމްގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

އެންމެ ފަހުން ވެރިކަންކުރާ ޕާޓީއާއި ގުޅުނީ ރިޔާސީ އިންތިހާބުގެ ދުވަސްކޮޅެއް ކުރިންނެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓް ބަދަލުވުމާއެކު ރީނދޫ ޓީޝާޓުގައިވެސް ފެނިގެންދިޔައެވެ. ނަމަވެސް މިއަދު ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އެވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް