ބަޖެޓު 2019: ބުރިޖު ފީ ނަގާނެ ނިޒާމެއް ޤާއިމް ކުރުމަށް 56 މިލިއަން ރުފިޔާ

ސިނަމާލެ ބުރިޖު ބޭނުންކުރާ ފަރާތްތަކުގެއަތުން ފީ ނަގާނެ ނިޒާމެއް ހަމަޖެއްސުމަށް އަންނަ އަހަރުގެ ބަޖެޓުގައި 56 މިލިއަނަށްވުރެން ގިނަ ރުފިޔާ ހިމަނައިފިއެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި މަޖިލީ...

13 Nov 2018 | 10:02

ސިނަމާލެ ބުރިޖު ބޭނުންކުރާ ފަރާތްތަކުގެއަތުން ފީ ނަގާނެ ނިޒާމެއް ހަމަޖެއްސުމަށް އަންނަ އަހަރުގެ ބަޖެޓުގައި 56 މިލިއަނަށްވުރެން ގިނަ ރުފިޔާ ހިމަނައިފިއެވެ.

2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި މަޖިލީހަށް ހުށަހެޅި ފާސްވެގެން ދިޔަ ބަޖެޓުގައިވެސް ބުރިޖުގައި ޓޯލް ސިސްޓަމެއް ޤާއިމް ކުރުމަށް 62 މިލިއަންއަށްވުރެން ގިނަ ފައިސާވަނީ ހިމަނާފައެވެ.  ނަމަވެސް މިކަމަށް އެއްވެސް އަމަލީ ސިފައެއް ގެނެވިފައެއްނުވެއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ހުށަހަޅާފައިވާ މިފަހަރުގެ ބަޖެޓުގައި ޓޯލް ސިސްޓަމް ޤާއިމް ކުރުމަށް ހޭދަވާނޭކަމަށް ލަފާކޮށްފައިވަނީ 58.86 މިލިއަން ރުފިޔާއެވެ. އަދި 2020 ވަނަ އަހަރުގެ ބަޖެޓުގަވެސް މިކަމަށް ޚަރަދު ކުރުމަށް އިތުރު 1.72 މިލިއަން ރުފިޔާހިމަނުއްވާފައި ވެއެވެ. ސިނަމާލޭ ބުރިޖު ބޭނުންކުރާ ފަރާތްތަކުން ވަކި ފީ އެއްނެގުމުގެ ކަންކަން ރައީސް ޔާމީނުގެ ސަރުކާރުންވަނީ އިންތިޚާބީ ރައީސް އިބޫގެ ސަރުކާރާއި ހަވާލު ކުރަޢްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް