ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ހައިސިއްޔަތު އޮޅިވަޑައިގެން ކަމަށާއި އެއީ ލަދު ހަޔާތް ކުޑަވުން ކަމުގައި އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ނެރެފައިވާ ބަޔާނެއްގައެވެ.
"ރައީސް ނަޝީދުގެ ހައިސިއްޔަތު މިކަލަކަށް އައިސް އެފަކީރަށް އޮޅެނީތަ؟ ހިތާމަހުރި!" އަލްހާންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަލްހާން ވިދާޅުވެފައިވަނީ އިއްތިޙާދަށް ލިބުނީ ތިރީސް ފަސްހާސް ވޯޓު ކަމަށް ބެލިޔަސް، އިބޫ ސޯލިޙަކީ އެމްޑީޕީގެ ގަދަފަދަ ތަނބެއް ކަމުގައިވިޔަސް، މިރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވެ، ހުވާކުރައްވާ ދުވަސް، ހަފްތާއަކަށްވުރެ ކުޑަތަންވެފައިވާ، އިބްރާހިމް މުޙަންމަދު ސޯލިޙަކީ އިއްތިޙާދުން ހޮވާފައިވާ ލީޑަރެއް ކަމަށެވެ.
މިކަން މިހެން އޮތްއިރު، އެމްޑީޕީން އަދި ، ޕާރޓީގެ ރައީސް ނަޝީދަށްވެސް ކުރެއްވޭނެކަމަކީ، ޕާރޓީން ސިޔާސަތު ކަނޑައަޅާ، އެސިޔާސަތު ރައީސް އިބޫ ޞޯލިޙާއި ހަވާލުކުރުން ކަމުގައި އަލްހާން ވިދާޅުވެފައިވެއެވެ.
"އެއްގޮތަކަށްވެސް ރައްޔިތުންނާ ބައްދަލުކޮށް، މުހިންމު ކަންކަމާމެދު ތިމަންނާ- ނުވަތަ ތިމަންނާމެން ކަންކުރާނީ މިވެނި އެވެނި އެހެންނޭ އެކަކުވެސް ބުނެގެން ނުވާނެ! ބަޔަކަށް ، ނުވަތަ ތިމާޔަށް އެއީ ރީތި ގޮތެއް ކަމަށް ފެނުނަސް، އެއީ ލަދުހަޔާތް ކުޑަ ކަމެކެވެ!" އަލްހާން ވިދާޅުވެފައިވެއެވެ.
އަލްހާން ވިދާޅުވެފައިވަނީ ރައީސް ނަޝީދު ދާދިއަވަހަށް ވަރަށްބޮޑު ދެ ނުބައި ހައްދަވައިފި ކަމަށާއި އެއީ ހަމަ ކަނޑައެޅިގެނެ ފިތުނައިގެ އަލިފާނެއް ކަމަށެވެ. ހިތާމައިގެ މައްޗަށް ހިތާމަ ކަމަށެވެ.
"ބޮޑު ތިލަދުންމަތީގެ ރައްޔިތުންނާ ބައްދަލުކުރައްވާ، އެމަނިކުފާނާ ކުރިމަތިވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ނުގަވައިދުން ފްލެޓް ލިބުނަސް އެތަންތަނުގައި އުޅެނީ ދިވެހިން ކަމަށެވެ. ދެން އަލުން ފްލެޓް އަޅައިގެން ހާޖަތްތެރިންނަށް ދޭނީ އެވެ.!!!
މާތް ކަލާކޯއެވެ! ރޯ ގޯހެވެ! މުޅިން އަދި ގޮނުންވެސް ނުބައީ ނުބައިކަމަކަށް ނޫނެވެ!" އަލްހާން ވިދާޅުވެފައިވެއެވެ.
އަލްހާން ބުނެފައިވަނީ ދިވެހި ރައްޔިތުން އިބޫ ޞޯލިޙު ހޮވީ އެންމެ ކަމަކަށްޓަކައެވެ. އަދުލު އިންސާފު ޤާއިމު ކޮށްދިނުމަށްޓަކައި ކަމަށެވެ.
"ފްލެޓެއް ކީއްކުރަންތަ ؟ ޗޮކްލެޓެއްވެސް ބަހަންވާނީ ، ދޭންވާނީ އިންސާފުން!!!އަނެއް ބިރުހުރި ކަންތަކެވެ..!" އަލްހާން ބުނެފައިވެއެވެ.
އަލްާން ބުނެފައިވަނީ ރިޝްވަތާ ބެހޭގޮތުން ރައީސް ނަޝީދު ކަނޑައެޅިގެން އިސްލާމް ދީނުގައި ކޮޅުފައިން ޖަހައިފި ކަމަށާއި ބާރާ އިޚްތިޔާރުގެ ހަމައެކަނި، ވެރިރަސްކަލާނގެ އަމުރުފުޅާ، މިއުންމަތުގެ ރަސޫލާގެ ސުންނަތް އޮތީ ބިންތުޅާ ކިލާޖަހާފައެވެ! " ގަލުގައި ތަލާ ދޮވުނަސް " މާތް ރަސްކަލާނގެ އަމުރުފުޅު ވަތަކުތޯ ޖެހޭނެ ގޮތެއް ނެތް ކަމަށެވެ.
އަލްހާން ވަނީ ރައީސް ނަޝީދު މި ފަހުން ވިދާޅުވެފައިވާ ބައެއް ވާހަކަތަކަށް ރައްދު ދީފައެވެ. އެގޮތުން ރިޝްވަތު ހިފާ ފަނޑިޔާރުންގެ ކުށެއް ނެތޭ ..! ކުށްވެރީ ރިޝްވަތު ދޭ މަހުޖަނޭ ބުނަން ރައީސް ނަޝީދަކީ ކާކުތޯ ސުވާލުކުރައްވާފައިވެއެވެ.
މިކަމުގައި ގުއިވަޅު މެއްސެއްގެ ހައިސިއްޔަތުވެސް އެއްވެސް އިންސާނަކަށް ނެތް ކަމަށާއި މާތް ކަލާނގެ ކަށަކުޅަދުންވަންތަ ކަން ކަމަށާއި ރައީސް ނަޝީދަކީ މިފަދަ ކަންކަމުގައި އޮޅިގެން ބަސް ބުނެ އުޅޭ އިންސާނެއް ނޫންކަމުގައި ވިދާޅުވެފައިވެއެވެ.
"ނޮވެމްބަރު އެގާރަ ޔޫބީލުގައި މިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ރައީސާއި ނައިބު ރައީސްގެ ވާހަކަ -ރާއްޖެޓީވީން ރައީސް ނަޝީދު ގެނެސްދެއްވީ ހަމަ ރަނަގަޅަށެވެ! އެ ފަރުމާ އަކީވެސް " ކަމަނަ ގޯތީ އާދަނު އާގޮތަކަށް" ބޭލި އޮޑިއެކެވެ." އަލްހާން ވިދާޅުވެފައިވެއެވެ.
އަލްހާން ވިދާޅުވެފައިވަނީ މިރާއްޖޭގައި ސިޔާސީން އާންމު ގޮތެއްގައި މަހުޖަނު ކިޔާއުޅެނީ ޖުމްހޫރީ ޕާޓީގެ ލިޑަރު ، ވިލާގެ ވެރިޔާ، މަހުޖަނު ޤަސިމް އިބްރާހިމަށް ކަމަށެވެ.
އަލްހާން އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދު ހުއްޓުވަން އެބަޖެހޭ ކަމަށާއި އިބޫ ސޯލިހު ހުވާކުރައްވާފައި އަންސަންސޫޗީގެ ފިރިހެން ހިޔަންޏަކަށް ރައީސް ނަޝީދު ވިޔަދޭން ހެޔޮނުވާނެ ކަމަށެވެ. އެކަން އެހެން ވިޔަދީގެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް