ސްޓޭޓް ޓްރޭޑިންގްއޯގަނައިޒޭސަން، އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކަކާއި ގުޅިގެން މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުހެޔޮވާނެކަމަށެވެ. މިގޮތުން، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލްލީޓަރަކުން 20 ލާރި ހެޔޮވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި މައުލޫމާތަށް ބަލާއިރު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބެން ހުންނާނީ 11.99ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް 11.19ރ އަށެވެ. މިބަދަލުތަކާއިއެކު އެސްޓީއޯގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނޭ ކަމުގައިވެސް އެ ކުންފުނިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް