ބަޖެޓް 2019: ޖުމްލަ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

ކުރިއަށް އޮތް 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ 29.6 ބ...

13 Nov 2018 | 04:52

ކުރިއަށް އޮތް 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ 29.6 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓް ޑެފިސިޓަކީ 3.7 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ މި ބަޖެޓަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ބަޖެޓެއް ކަމަށެވެ. އަދި މިއީ އައު ސަރުކާރަށް ބަޖެޓް އެކުލަވާލަން މިގޮތަށް ފުރުސަތު ދެވުނު ފުރަތަމަ ފަހަރުކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓުގައި ހަރަދުގެ ގޮތުގައި 26.7 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ދަރަނި ދެއްކުމަށް 2.9 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 23 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

ބަޖެޓް ޑެފިސިޓަކީ 3.7 ބިލިއަން ރުފިޔާ ކަމުގައިވާއިރު އެއީ ޖީޑީޕީގެ ނިސްބަތުން 4.7 ޕަސެންޓެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް