އައިއެސް ގެ އަމާޒުތަކަށް ހަމަލާ ދީފައިވަނީއެފް އެސް އޭ އިން ފޯރުކޮށްދީފައިވާ މައުލޫމާތުގެ އެހީގައި : ރައީސް ޕޫޓިން

( މޮސްކޯ : ނޮވެމްބަރ 13 ) އީރާޤާއި ސޫރިޔާގެ ބޮޑު ބަޔެއް ހިފާފައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ރޫސީވިލާތުގެ ވައިގެ ސިފައިން ހަމަލާދީފައިވަނީ ރޫސީ ސިފައިންނާއި ސޫރިޔާގައި ހަރަކާތްތެރިވާ ޖަމާއަތެއް...

13 Nov 2015 | 17:40

( މޮސްކޯ : ނޮވެމްބަރ 13 )

އީރާޤާއި ސޫރިޔާގެ ބޮޑު ބަޔެއް ހިފާފައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ރޫސީވިލާތުގެ ވައިގެ ސިފައިން ހަމަލާދީފައިވަނީ ރޫސީ ސިފައިންނާއި ސޫރިޔާގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ " ފްރީ ސީރިއަން އާމީ" އިން ފޯރުކޮށްދީފައިވާ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ރޫސީ ވިލާތުގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

އިންޓަފެކްސް އާއި އަނަޑޮލު ނޫސް އެޖެންސީތަކަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ވިދާޅުވީ، ރޫސީވިލާތުން އައިއެސް ޖަމާއަތާއި ދެކޮޅަށް އޮޕަރޭޝަންސްތައް ކުރިއަށް ގެންދަނީ ފްރީ ސީރިއަން އާމީ އާއި ގުޅިގެން ކަމަށާއި ރޫސީ ވިލާތުން ދަނީ ލިބޭ ކޮންމެ ޖާސޫސީ މައުލޫމާތެއްގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރަމުން ކަމަށެވެ.

އަދި ސޫރިޔާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ހަމަލާ ދެނީ އައިއެސްގެ ބާރުގެ ދަށުގައިވާ ތަންތަނަށް ކަމަށާއި ފްރީ ސީރިއަން އާމީއިން މައުލޫމާތުދޭ ސަރަހައްދުތަކަށް އެކަނި ކަމަށާއި ފްރީ ސީރިއަން އާމީގެ ބާރުގެ ދަށުގައިވާ ތަންތަން ކަމަށް ބުނާ ސަރަހައްދުތަކަށް ހަމަލާ ދީފައިނުވާނެކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި މިކަމުންވެސް ދޭހަވެގެން ދަނީ ރޫސީ ވިލާތުން ހަމަލާ ދެނީ އާންމުންނަށް ނޫންކަމަށް ރައީސް ޕޫޓިން އިތުރަށް ވިދާޅުވި އެވެ.

އިރާޤާއި ސޫރިޔާގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލު ކުރަމުންދާ އައިއެސް ޖަމާއަތް ދަނީ ރޫސީ ވިލާތުން ހަނގުރާމައިގައި ބައިވެރިވިފަހުން ބަލިކަށިވަމުން ނެވެ.

ރޫސީ ވިލާތުން އައިއެސް އާއި ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތަށް ކުރިއަށް ގެންދާނަމަވެސް އައިއެސް ޖަމާއަތުގެ މެންބަރުންގެ ތެރެއިން 2400 މެންބަރުންނަކީ ރޫސީވިލާތަށް ނިސްބަތްވާ އެގައުމުގެ ރައްޔިތުންކަމަށް ރޫސީ ވިޔާލުގެ ޖާސޫސީ އިދާރާ އެފް.އެސް.ބީ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް