ޗައިނާގެ 13 ވަނަ ފަސް އަހަރު ދުވަހުގެ ޕްލޭނަށް ދުނިޔޭގެ ބޮޑު ތާއީދެއް

ޗައިނާއިން އެގައުމުގެ ތަރައްޤީއަށް ކަނޑައަޅާފައިވާ އެގައުމުގެ 13 ވަނަ ފަސް އަހަރު ދުވަހުގެ ޕްލޭނަށް ދުނިޔޭގެ ގައުމުތަކާއި މީޑިއާތަކުގެ އިތުރުން ތަޖުރިބާކާރުންގެ ތާއީދު ލިބިއްޖެ އެވެ. ފުންނާބު އުސް ތަޖ...

13 Nov 2015 | 11:30

ޗައިނާއިން އެގައުމުގެ ތަރައްޤީއަށް ކަނޑައަޅާފައިވާ އެގައުމުގެ 13 ވަނަ ފަސް އަހަރު ދުވަހުގެ ޕްލޭނަށް ދުނިޔޭގެ ގައުމުތަކާއި މީޑިއާތަކުގެ އިތުރުން ތަޖުރިބާކާރުންގެ ތާއީދު ލިބިއްޖެ އެވެ.

ފުންނާބު އުސް ތަޖުރިބާކާރު ސީނޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރ ނިކޮލައި ސަމައިލޮވް ސްޕުޓްނިކް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޗައިނާގެ އިގްތިސާދީ ރިފޯމް ތަކާއި އެގައުމުގެ އެހެން އިގްތިސާދީ ސެކްޓަރ ތަކަށް އަންނަ ބަދަލުތަކަކީ ބައިނަލް އަގްވާމީ މައިދާނުން ގާތުން ބަލަމުން އަންނަ ކަންތައްތަކެއް ކަމުގަ އެވެ.

އަދި ޗައިނާއިން އެގައުމުގެ މިދިޔަ ފަސް އަހަރުގެ ޕްލޭނުން ދުނިޔޭގެ މާލީ ފައިދާގެ ސާޅީސް އިންސައްތަ ހިއްސާކޮށްފައިވާކަމުގައި ސިޑްނީގެ  އޮސްޓްރޭލިއާ – ޗައިނާ ރިލޭޝާންސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޑެޕިއުޓީ ޑިރެކްޓަރ ޖޭމްސް ލޯރެންސަން ވިދާޅުވި އެވެ. އަދި ޗައިނާގެ އިގްތިސާދު 2020 ވަނަ އަހަރު ސާޅީސް ހަތަރު އިންސައްތަ މަތިވާނެކަމަށާއި މީގެ މާނައަކީ ޗައިނާއިން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި ހުންނާނެކަމަށް ޖޭމްސް އިތުރަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޗައިނާގެ އިގްތިސާދު ދަނީ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްދެމުންކަމުގައި ޒިންހުއާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ބްރެޒިލްގެ ގެޓުލިއޯ ފައުންޑޭޝަންގެ އިކޮނިމިސްޓެއްކަމަށްވާ ލިވިއޯ ރިބޭރޯ ވިދާޅުވި އެވެ.

ޗައިނާއިން އެގައުމުގެ މިފަހަރުގެ ފަސް އަހަރު ދުވަހުގެ ޕްލޭން ފަށާފައިމިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ނަވާވީސް ވަނަ ދުވަހު ކުރިއަށްދިޔަ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޚާއްސަ މަޖިލީހުގެ 18 ވަނަ ޖަލްސާގަ އެވެ.

ކޮމިއުނިސްޓު ދައުލަތެއް ކަމަށްވާ ޗައިނާއިން އަންނަނީ އިގްތިސާދީ ރޮނގުން ދުނިޔޭގެ ބޮޑު ބާރު އެމެރިކާއާއި އަރާ ހަމަކުރަމުން. ނަމަވެސް މިދިޔަ ދުވަކޮޅުގައި އިގްތިސާދީ ބޮޑެތި ގެއްލުންތަކާއި ޗައިނާއިން ވަނީ ކުރިމަތިލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް