އުތީމާއި މާރަންދޫ ސްކޫލްގެ ޕްރިންސިޕަލުން ހައްޔަރުކޮށްފި

ހއ. އުތީމު ސްކޫލުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައިގައި އެރަށު ސްކޫލް ޕްރިންސިޕަލާއި ހއ. މާރާންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ. މި ދެ ޕްރިންސިޕަލުންނަކީ އިންޑިއާ ރައްޔިތުންނެވެ. މައުލޫމ...

13 Nov 2014 | 09:43

ހއ. އުތީމު ސްކޫލުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައިގައި އެރަށު ސްކޫލް ޕްރިންސިޕަލާއި ހއ. މާރާންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ.

މި ދެ ޕްރިންސިޕަލުންނަކީ އިންޑިއާ ރައްޔިތުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ވަގަށްނެގި ލެޕްޓޮޕަކީ އުތީމު ސްކޫލަށް ވިޔަފާރިވެރިއަކު ހަދިޔާ ކުރި ލެޕްޓޮޕެކެވެ.

މި ދެމީހުންގެ ތެރެއިން ލެޕްޓޮޕް ވަގަން ނަގާފައިވަނީ އުތީމު ސްކޫލްގެ ޕްރިންސަޕްލައެވެ. އޭނާ ވަނީ ފުލުހުންގެ ތަހުގީގުގައި އެކަމަށް އެއްބަސްވެފައި އެވެ. މާރަންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރު ކުރީ އެ ލެޕްޓޮޕް ފޮރުވައިދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އެވެ.

މިކަމާއި ގުޅޭގޮތުން އަދި ފުލުހުން އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް