މެލޭޝިއަން ފުޓުބޯޅަ ސީޒަނުގެ ގައުމުން ބޭރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯރޑް ދަގަނޑޭއަށް

މެލޭޝިއަން ވޭތުވެދިޔަ ފުޓުބޯޅަ ސީޒަނުގެ ގައުމުން ބޭރު އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ " ބެސްޓް ފޮރިން ޕްލޭޔަރ އެވޯރޑް" ދަގަނޑޭއަށް ލިބިއްޖެއެވެ. އެވޯރޑް ލިބުމާއި ގުޅިގެން ދިވެހި ގައުމީ ކެޕްޓަން އަލީ އ...

13 Nov 2014 | 09:10

މެލޭޝިއަން ވޭތުވެދިޔަ ފުޓުބޯޅަ ސީޒަނުގެ ގައުމުން ބޭރު އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ " ބެސްޓް ފޮރިން ޕްލޭޔަރ އެވޯރޑް" ދަގަނޑޭއަށް ލިބިއްޖެއެވެ.

އެވޯރޑް ލިބުމާއި ގުޅިގެން ދިވެހި ގައުމީ ކެޕްޓަން އަލީ އަޝްފާގް ބުނެފައިވަނީ އެވޯރޑަކީ ހަމައެކަނި އޭނާއަށް ލިބުނު އެވޯރޑެއް ނޫންކަމަށާއި މިއީ ހުރިހާ ދިވެހި ރައްޔިތުންގެ އެވޯރޑެއް ކަމަށެވެ. އަދި މިފަދަ އެވޯރޑުތަށް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށްވެސް ދަގަނޑޭ ބުނެފައިވެއެވެ.

މި އެވޯރޑް ދެނީ މެލޭޝިއާ ޕްރިމިއަރ ލީގުގެ އިތުރުން މެލޭޝިއާގެ ސުޕަރލީގު ހުރިހާ ކުޅުންތެރިންގެ ކުޅުމަށްވެސް ބަލާފައެވެ.

ދަގަނޑޭވަނީ ވޭތުވެދިޔަ ސީޒަނުގައި މެލޭޝިއާ ޕްރިމިއަރލީގުގެ ޕީޑީއާރް އެމްއަށް 22 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމު މެލޭޝިއަން ސުޕްރލީގަށް ކޮލިފައިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް