އިންޓަރނޭޝަނަލް ފްރެންޑްލީ: ނޭމަރގެ 2 ގޯލާއެކު ބްރެޒިލަށް ފަސޭހަ މޮޅެއް

ބްރެޒިލް ކުޅުނު ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗުން ނޭމަރގެ 2 ގޯލާއެކު ބްރެޒިލް ފަސޭހަ ކަމާއެކު މޮޅުވެއްޖެއެވެ. ތުރުކީގެ އިސްޓާންބޫލްގައި ތުރުކީއާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗު ބްރެޒިލުން ކާމިޔާ...

13 Nov 2014 | 04:08

ބްރެޒިލް ކުޅުނު ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗުން ނޭމަރގެ 2 ގޯލާއެކު ބްރެޒިލް ފަސޭހަ ކަމާއެކު މޮޅުވެއްޖެއެވެ.

ތުރުކީގެ އިސްޓާންބޫލްގައި ތުރުކީއާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ނޭމަރގެ ގޯލާއެކު ބްރެޒިލުން ލީޑު ނަގާފައިވާއިރު 24 ވަނަ މިނެޓުުގައިވަނީ ލީޑު ފުޅާކޮށްފައެވެ. ދެވަނަ ގޯލައަކީ ތުރުކީގެ ކާޔާ އަތުން ބައިކޮޅަށްވަން ގޯލައެކެވެ.

މެޗުގެ 3 ވަނަ ގޯލް ފުރަތަމަ ހާފް ނިމުމުގެކުރިން 44 ވަނަ މިނެޓުގައި ވިލިއަން ކާމިޔާބުކޮށްދިންއިރު މެޗުގައި ބްރެޒިލަށް 4 ވަނަ ގޯލާއެކު ލީޑު އިތުރަށް ފުޅާކޮށްދިނީވެސް އުމުރުން 22 އަހަރުގެ ޒުވާން ފޯވަރޑް ނޭމަރއެވެ.

2014 ވަނަ އަހަރުގެ ވަރލްޑް ކަޕްގައި ލިބުނު ނާކާމިޔާބީއަށްފަހު ކޯޗު ޑުންގާގެ އިރުޝާދު ދަށުން މިހާތަނަށް ބްރެޒިލް ކުޅުނު ހުރިހާ މެޗެެއްވަނީ ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް