އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށް ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތުން އަމިއްލަ ފައިސާއެއް ބޭނުން ކުރަން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދު ތަކުގައި އައިއެސް ބޭނުން ކުރަން ތައްޔާރުވަމުން އަންނަނީ ވަރަށް ކުރީ ޒަމާނުގައި މުސްލިމުން ފައިސާގެ ގޮތުގައި ބޭނުންކުރި ދީނާރު ފައިސާ ފޮތި ތަކެކެވެ. ރަނާއި ރިހީގެ ފޮތިތަކެކެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސޫރިޔާ އަދި އިރާގުގައި އައިއެސް އިން މިހާރުވަނީ އެ ވައްތަރުގެ ފައިސާ ދައުރުކުރަން ތައްޔަރު ވުމުގެ ގޮތުން ބައެއް ސަރަހައްދު ތަކަށް އެ ވައްތަރުގެ ފައިސާ ފޮތިތައް ފޮނުވަން ފަށާފަ އެވެ.
އައިއެސް އިން ބޭނުން ކުރަން ފަށަނީ ޕެނިންސުލާގައި ވަރަށް ކުރީ ޒަމާނުގައި އިސްލާމްދީންފެތުރެން ފެށި ޒަމާނުގައި ބޭނުން ކުރި ފައިސާ ފޮތި ތަކެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އައިއެސް ޖަމާއަތުން ބްލެކް މާކެޓްގައި ތެޔޮ ވިއްކައިގެްނ އެކަނިވެސް ދުވާލަކު އެއް މިލިޔަން ޑޮލަރުގެ އާމްދަނީއެއް ހޯދަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް