ނައިޖީރިއާގައި ޖާނުން ފިދާވުމުގެ އިތުރު ހަމަލާއެއް، މިފަހަރު އަންހެނެއް

ނައިޖީރިއާގެ ނައިޖާ ސްޓޭޓްގެ ޓީޗާ ޓްރޭނިން ސްކޫލުގައި އަންހެނަކު ޖާނުން ފިދާވެ ދިން ބޮމުގެ ހަމަލާއެއްގައި އިތުރު މީހަކު މަރާލައިފި އެވެ. މީގެ ދެދުވަސް ކުރިންވެސް ނައިޖީރިއާގައި މިފަދަ ހާދިސާއެއް ވަނީ ...

13 Nov 2014 | 02:01

ނައިޖީރިއާގެ ނައިޖާ ސްޓޭޓްގެ ޓީޗާ ޓްރޭނިން ސްކޫލުގައި އަންހެނަކު ޖާނުން ފިދާވެ ދިން ބޮމުގެ ހަމަލާއެއްގައި އިތުރު މީހަކު މަރާލައިފި އެވެ.

މީގެ ދެދުވަސް ކުރިންވެސް ނައިޖީރިއާގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. މީގެ ދެދުވަސް ކުރިން ދަރިވަރަކަށް ވެގެން ނައިޖާ ސްޓޭޓްގެ ކޮންޓަގޯރާ ސްކޫލަށްވަދެ މީހަކު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 48 ދަރިވަރަކު ވަނީ މަރުވެފަ އެވެ.

ނައިޖީރިއާ ފުލުހުން ބުނެފައިވަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތައުލީމީ ސެކްޓަރުގައި ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ދެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް ނައިޖީރިއާގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ މި ހަމަލާތަކަކީ ބޯކޯހަރާމުން ދެމުން އަންނަ ހަމަލާތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް