މިސްރުގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް މަސްވެރިންތަކެއް ދިން ހަމަލާތަކެއްގައި ސިފައިންގެ 8 މީހަކު ގެއްލި 5 މީހަކަށް އެކި ވަރުގެ ޒަހަމް ލިބިފައިވާކަމަށް މިސްރުން ބުނެފި އެވެ.
މިސްރުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާ ދިނީ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ކަނޑުމަތީ އުޅަނދަކަށް ކަމަށާއި އެ ހަމަލާދިނީ މެޑިޓެރޭނިއަން ކަނޑުގައި ޑަމިއެޓާ ޕޯޓާ 40 ނޯޓިކަލް މޭލު ދުރުގައި އޮއްވާ ކަމަށެވެ.
އަދި ހަމަލާ ދިނީ 4 މަސް ދޯންޏަކުން ކަމަށާއި ރައްދުގައި ކަނޑުގެ ސިފައިން ދިން ހަމަލާތަކުގައި ހަމަލާދިން 4 މަސް ބޯޓު އަތުލައިގަނެ 36 މަސްވެރިއަކު ހައްޔަރުކޮށްފައިވާކަމަށްވެސް މިސްރުގެ އަސްކަރިއްޔާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް