ކަސްޓަމްސް އިން ގުރައިދޫގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސްގެ 135 ވަނަ އަހަރީދުވަހުގެ މުނާސަބާތުގައި
'ކަސްޓަމްސް-މުޖުތަމަޢުގެ ބައިވެރިއެއް' ޝިޔާރުގެ ދަށުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ
އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގުނު
ހަރަކާތްތައް ނިންމުމުގެ ޙަފްލާ ކ. ގުރައިދޫގައި
ބާއްވައިފިއެވެ.
ކަސްޓަމްސްއިން ބުނެފައިވާގޮތުގައި މިދިޔަ ބުރާސްފަތި
ދުވަހު ބޭއްވުނު މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ
ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ހުސައިން ރިޒާ އާދަމް އެވެ.
މިހަފްލާގައި، ކަސްޓަމްސް މުވައްޒަފުންގެ ލޯތްބާއި ހެޔޮއެދުންތަކާއެކު
ފޯރުކޮށްދެއްވި އެހީ އެ މަރުކަޒާ ހަވާލުކުރުމާއި، މަރުކަޒުގައި ތިއްބަވާ ފަރާތްތަކަށް ޚާއްސަ ހަދިޔާ ހަވާލުކުރުންވެސް އޮތް ކަމަށާއި މި
ހަރަކާތުގެ ތެރެއިން އެ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ ގޮތުން ބައެއް އުމްރާނީ މަސައްކަތްތައް
ކުރުމާއި، ތަކެތި ހަދިޔާކުރުންވެސް ކުރިއަށް ގެންދެވުނު ކަމަށް ކަސްޓަމްސް އިން
ބުނެފައިވެއެވެ.
މީގެ އިތުރުން، މަރުކަޒުގައި ހިންގުނު ހަރަކާތްތަކަށް
އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވުންވެސް
އެ ހަފްލާގައި އޮތް ކަމަށާއި އެހަފްލާގައި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ އާއި
ކަސްޓަމްސް އިސްވެރިން އަދި ސިއްހީ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިކަމުގައިވެސް
ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް