މައިމީހާގެ ކިބައިން ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ރާއްޖެ

މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވުމާއި ގުޅިގެން އެކަން ފާހަގަކުރައްވައި، މި ތާރީޚީ ކާމިޔާބީއާ ހަމައަށް ވާ...

13 Oct 2025 | 13:50
ޞިއްޙީ ޚިދުމަތްތެރިންނާއި ބައިވެރިންނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވާފައިވޭ -

ޞިއްޙީ ޚިދުމަތްތެރިންނާއި ބައިވެރިންނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވާފައިވޭ -

މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް

އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވުމާއި ގުޅިގެން

އެކަން ފާހަގަކުރައްވައި، މި ތާރީޚީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި

ޞިއްޙީ ޚިދުމަތްތެރިންނާއި ބައިވެރިންނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު

އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ މި ތާރީޚީ

ކާމިޔާބު ހޯދި ފުރަތަމަ ޤައުމުކަމުގައި ބަޔާންކުރައްވައި، ވަރލްޑް ހެލްތު އޯގަނައިޒޭޝަން

(ޑަބްލިއު.އެޗް.އޯ) އިން ހިއްސާކުރެއްވި ޕޯސްޓެއް، އެމަނިކުފާނުގެ ރަސްމީ 'އެކްސް'

އެކައުންޓުގައި ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓުގައި، ދިވެހިރާއްޖެއިން

މި ހޯދި ތާރީޚީ ކާމިޔާބަކީ ޑަބްލިއު.އެޗް.އޯއިން ބަލައިގެންފައިވާ ކާމީޔާބެއްކަން ފާހަގަކުރައްވާފައިވެއެވެ.

މިއީ އާންމު ޞިއްޙަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ

ޕްރިވެންޓިވް ހެލްތުކެއަރއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ

ކަމެއްވެސްމެއެވެ.

ހަމަމިއާއެކު، މިއީ ސަރުކާރާއި، ޞިއްޙީ ދާއިރާގެ ޕްރައިވެޓް

ޚިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ހިންގުނު

ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން

އަންގައިދޭކަމެއްކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް