މިއަދަކީ އުރަމަތީ ކެންސަރަށް ހޭލުންތެރި ވުމުގެ ދުވަސް – ޑރ ޢަބުދުލް ޢަޒީޒު ޙަމީދުގެ މި ލިޔުއްވުމުގައި މުހިންމު ގިނަ މަޢުލޫމާތުތަކެއް

މި ހިނގާ އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމުގެ މަހެވެ. އަދި މިއަދުގެ ތާރީޚް ކަމުގައިވާ 13 އޮކްޓޯބަރަކީ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ދުވަހެވެ. މި ދުވަހު ދުވަހުން ދުވަހުގެ ...

13 Oct 2025 | 04:31
މި ހިނގާ އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް ހޭލުންތެރި ވުމުގެ މަސް އަދި މިއަދަކީ އުރަމަތީ ކެންސަރަށް ހޭލުންތެރި ވުމުގެ ދުވަސް -

މި ހިނގާ އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް ހޭލުންތެރި ވުމުގެ މަސް އަދި މިއަދަކީ އުރަމަތީ ކެންސަރަށް ހޭލުންތެރި ވުމުގެ ދުވަސް -

މި ހިނގާ އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް

ހޭލުންތެރި ކުރުމުގެ މަހެވެ. އަދި މިއަދުގެ ތާރީޚް ކަމުގައިވާ 13 އޮކްޓޯބަރަކީ އުރަމަތީ

ކެންސަރަށް ހޭލުންތެރިކުރުމުގެ ދުވަހެވެ.

މި ދުވަހު ދުވަހުން ދުވަހުގެ ކިޔުންތެރީންނަށް މި

ހިއްސާކޮށްލަދެނީ ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު އޭނާގެ ޞިއްޙަތު ބްލޮގްގައި އުރަމަތީ ކެންސަރާއި

ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

-------------------------------------------

އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ

އޮވެއެވެ. އުރަމަތީގެ ކެންސަރަކީ އަންހެނުންނަށްޖެހޭ އެންމެ އާންމު ކެންސަރެވެ. އުރަމަތި

އުފެދިފައިވަނީ މިލިޔަނަށްވުރެ ގިނަ ސެލް ތަކަކުންނެވެ. ހަށިގަނޑުގައިވާ ހުރިހާ ސެލްތަކެއް

ވެސް މަސައްކަތް ކުރަމުންދަނީ ވަކި ހަމަތަކެއްގެ މަތިންނެވެ. މިގޮތުން ހަށިގަނޑުގައިވާ

ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވާ އިތުރުވުމަށް "ކެންސަރޭ" ކިޔައެވެ.

އުރަމަތީގައި ވެސް މިފަދަ ގޮތަކަށް އެއްވެސް ކޮންޓްރޯލެއްނެތި އުރަމަތީގެ ސެލްތައް

އިތުރުވާ އިތުރުވުމަކީ "އުރަމަތީގެ ކެންސަރު" އެވެ. މިގޮތަށް ބަދަލުވާ ސެލްތައް

ހަށިގަނޑުގެ އެހެން ބައިތަކަށް ދަތުރުކޮށް ބަލި މުޅި ހަށިގަނޑަށް ފަތުރައެވެ.

އުރަމަތި އެކުލެވިފައިވަނީ "ފެޓީ ޓިޝޫ"، އާއި

"ލޮބިއުލްސް"(lobules) ތަކުންނެވެ. އަދި މިބައިތައް

"ޑަކްޓް"(duct) ތަކަކުން ގުޅިފައިވަނީ

އުރަމަތީގެ ވައްގަނޑާއެވެ. އާންމު ގޮތެއްގައި އުރަމަތީގެ ކެންސަރު ފުރަތަމަ އަށަގަންނަނީ

ލޮބިއުލް ނުވަތަ ޑަކްޓް ތަކުގައެވެ.

އުރަމައްޗަކީ އެގުނަވަނެއްގެ ތެރޭގައި މަސްހުންނަ ގުނަވަނެއް

ނޫނެވެ. ނަމަވެސް އުރަމަތީގެ ބޭރުން މޭކަށިގަނޑާ ވީ ފަރާތުގައި ކޮންމެވެސް ވަރަކަށް

މަސް ހުރެއެވެ. މައިގަނޑު ގޮތެއްގައި އުރަމަތީގައި އެކުލެވިފައިވަނީ ލިމްފް ދަތުރުކުރާ

ހޮޅިތަކާއި، ލޭދަތުރުކުރާ ހޮޅިތަކެވެ. އުރަމަތީގައިވާ ލިމްފް ދަތުރުކުރާ ގިނަ ހޮޅިތައް

ގުޅިފައިވަނީ ކިހިލި ފަތްދޮށާއި، މެޔާއި، ކޮނޑު ކަށިގަނޑުގެ މަތީގައިވާ ލިމްފް ގްލޭންޑްތަކާ

އެވެ. ނަމަވެސް މީގެތެރެއިން ބައެއް ހޮޅިތައް ހަށިގަނޑުގެ އެހެން ހިސާބުތަކުގައިވާ

ލިމްފް ގްލޭންޑްތަކާ ވެސް ގުޅިފައި ވެއެވެ.

އުރަމަތީގެ ކެންސަރު ކިރު ދަތުރުކުރާ ހޮޅިތަކަށާއި،

ކިރު އުފައްދައިދޭ ގޮބު ނުވަތަ ލޯބްތަކަށް ޖެހެއެވެ. ކިރުދަތުރުކުރާ ހޮޅިތަކަށް ކެންސަރު

ޖެހުމަށް ކިޔަނީ "ޑަކްޓައިލް ކާސިނޯމާ"(ductile

carcinoma) އެވެ. ކިރު އުފައްދައިދޭ ލޯބުތަކަށް ކެންސަރު

ޖެހުމަށް ކިޔަނީ "ލޮބިޔުލަރ ކާސިނޯމާ"(lobular

carcinoma) އެވެ.

އުރަމައްޗަށް ކެންސަރު ޖެހި އެކަމުގެ އަސަރު ބޭރަށް

އެނގޭ ހިސާބަށް ދާއިރު ގިނަފަހަރަށް ހުންނަނީ ކިހިލިފަތުގައި ހުންނަ، ލިމްފް ގޮށްތަކަށް

ކެންސަރު ސެލްތައް ދަތުރުކޮށްފައެވެ. އެހެންކަމުން މިގޮތަށް ކިހިލިފަތުގައިވާ ލިމްފް

ގޮށްތަކުން ކެންސަރު ސެލް ފެނިއްޖެނަމަ އެއީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް

ކެންސަރ ސެލް ދަތުރުކޮށްފައިވާ ކަމުގެ ހެއްކެކެވެ. ކެންސަރ ސެލް މިގޮތަށް ދަތުރުކޮށްފައި

ހުންނަ އެންމެ އާންމު ތަންތަނަކީ ކަށި، ފުރަމޭ، ފުއްޕާމޭ، އެވެ. މިއީ ހަށިގަނޑުގެ އެންމެ

ގިނައިން ލޭދައުރުވާ ގުނަވަންތަކެވެ.

އުރަމަތީގެ ކެންސަރަކީ ކެންސަރުގެ ވަރަށް އާންމު ވައްތަރެކެވެ.

އަންހެނުންގެ އުމުރުން ދުވަސްވުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ

ކަމެކެވެ. އަދި ހަމައެފަދައިން އުމުރުން 30 އަހަރުނުވާ އަންހެނުންނަށް އުރަމަތީގެ ކެންސަރު

ޖެހުމުގެ ފުރުޞަތު ކުޑައެވެ. އުރަމައްޗަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ، އަމިއްލައަށް

އުރަމަތި ބަލާ ފާސްކުރާނެގޮތް ދަސްކޮށް، އަމިއްލައަށް ބަލާ ފާސްކުރުމަކީ އަވަހަށް ބަލިދެނެގަތުމަށް

ކުރެވޭނެ ކަމެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބަލީގެ ކުރީކޮޅު ބަލި

ފާހަގަކުރެވިއްޖެނަމަ %90 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ.

އުރަމަތީގެ ކެންސަރު ހުރިތޯ ޗެކުކުރައްވާނެ ގޮތްތައް

01. ވަރަށް ފަސޭހައިން އަމިއްލައަށް ހަދާލެވޭ ޗެކަޕެއް

(އަމިއްލައަށް އުރަމަތި ޗެކުކުރުން) މަހަކު އެއްފަހަރު ހެދުން

02. އުމުރުން 45 އަހަރުން މަތީގެ ކޮންމެ މީހަކު އަހަރަކު

އެއްފަހަރު މެމޮގްރާމް (އުރަމަތީގެ ސްކޭން) ހެދުން

03. އުމުރުން 20 އަހަރުން ފެށިގެން ކޮންމެ 3 އަހަރުން އެއްފަހަރު

ޑޮކްޓަރަށް ގޮސް އުރަމަތީގެ ޗެކަޕެއް ހެދުން، އަދި އުމުރުން 40 އަހަރުވުމުން ކޮންމެ

އަހަރަކު އެއްފަހަރު އުރަމަތީގެ ޗެކަޕެއް ހެދުން

އުރަމަތީގެ ކެންސަރު ދެނެގަތުމަށްޓަކައި ގަވާއިދުން

ޗެކަޕްހެދުމަކީ މުހިއްމު ކަމެކެވެ. ޗެކަޕް ހެދުން ފަސްކުރުމާއި، ޗެކަޕް ނަހަދައި ދޫކޮށްލުމަކީ

ރަނގަޅު ކަމެއް ނޫނެވެ. އުރަމަތީގެ ކެންސަރަކީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

އެކަމަކު މިބަލީގެ ކުރީކޮޅު އެނގިއްޖެނަމަ ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. އުރަމަތީގެ

ކެންސަރު ޖެހުމުގެ ކުރީކޮޅު އެނގިއްޖެނަމަ، އަވަހަށް ފަރުވާލިބުމުން ރަނގަޅުވާ މިންވަރު

%90 އިތުރުވެއެވެ.

އުރަމަތީގެ ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތައް

އުރަމަތީގެ ކެންސަރު އާންމު ގޮތެއްގައި ޖެހެނީ އަންހެނުންނަށެވެ.

މަދުން ނަމަވެސް ފިރިހެނުންނަށް ވެސް މިކެންސަރު ޖެހެއެވެ. އުރަމަތީގެ ކެންސަރުގެ ފުރަތަމަ

އަލާމާތަކީ އުރަމަތީގައި ގަނޑުލާފައި ހުރެ ތަދުނުވުމެވެ. އުރަމަތީގައި ލާ ކޮންމެ ގަނޑަކީ

ކެންސަރަށް ނުވެ ހިގައިދާނެއެވެ. ނުވަތަ ކޮންމެ ގަނޑަކީ ކެންސަރަށްވެދާނެ އެއްޗެއް

ނޫނެވެ. އެހެންކަމުން ގަނޑެއް ލައިފިނަމަ ޑޮކްޓަރަށް ދައްކައި، ލަފަޔާ އިރުޝާދު ހޯދުމަކީ

މުހިއްމު ކަމެކެވެ.ތިރީގައި މިވަނީ އާންމު ގޮތެއްގައި ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތަކެވެ.

މިއިން އެއްވެސް ކަމެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

- އުރަމައްޗަށް އެއްވެސް ބަދަލެއް އައިސްފައިވުން (ސިފަ،

ސައިޒު ނޫނީ ކުޑަބޮޑުމިން، އިހުސާސް) : މިސާލަކަށް އުރަމަތީގެ ސައިޒު ނޫނީ ބޮޑުކުޑަމިނަށް

ބަދަލެއް އައުން ނުވަތަ ބައްޓަން ތަފާތުވުން

- އުރަމަތީގައި ނުވަތަ އުރަމައްޗާއި ކައިރި ހިސާބެއްގައި

ނުވަތަ ކިހިލި ފަތް ދޮށުގައި ގަނޑުލައިފައި، ނުވަތަ ބޯވެފައި ތަންތަން (ތަންކޮޅެއް)

ހުރުން ނޫނީ ހަރު ތަންތަންހުރުން (ގަނޑުލާފައިހުރުން)

- އުރަމަތީގައި ނޫނީ އުރަމަތީގެ ތަންކޮޅެއްގައި އަޑިކޮޅެއް

ނުވަތަ ރަތްވެފައިހުރުން (ހަންގަނޑު ބޯވެ، ކުލަރަތްވުން)

- އުރަމަތީގެ ވަށްގަނޑަށް ބަދަލެއް އައިސްފައި ހުރުމާއެކު(ވަށްގަނޑު

އެތެރެއަށް ވަދެފައިހުރުން)، އަދި ވައްގަނޑަށް ތަދުވުން

- ކުއްލިއަކަށް އުރަމަތީގެ ކޮޅުން ނޫނީވައްގަނޑުން ލޭ

ނުވަތަ ދިޔައެއް އައުން

- އުރަމަތީގައި ރިއްސާ އަދި އުނދަގޫވާގޮތްވުން : މިއީ

ވަރަށް މަދުން ފެންނަ އަލާމާތެކެވެ.

- އުރަމަތީގެ ހަން އޮރެންޖްގެ ބޭރު ތޮށީގައި ހުންނަ ގޮތަށް

ބަދަލުވުން (އުރަމަތީގެ ހަމުގައި ރޫގަނޑެއް ހުރުން ނޫނީ ބިހިގަނޑެއް ހުރުން)

- އުރަމައްޗާއި ވައްގަނޑުގެ ހަން ތުނިވުމާއި، އަދި އުރަމަތި

ހޫނުވުން

- އުރަމަތި ދުޅަވެފައި، ނުވަތަ ހޫނުކޮށް، ނުވަތަ ރަތްވެފައި،

ނޫނީ ކަޅުވެފައި ހުރުން

- އުރަމަތީގެ ކޮޅުގައި (ވައްގަނޑުގައި) ކެހުމެއް ނޫނީ

ފާރުވެފައި ހުރުން

- އުރަމަތީގެ އެއް ދިމާއެއްގައި ދާއިމީ ތަދެއް ހުރުން

- އުރަމަތީގައި ފަސޭހަނުވާ ފާރުކޮޅެއް ހުރުން

މިބަޔާންކުރެވުނު އަލާމާތްތަކުގެ ތެރެއިން އަލާމާތެއް

ފެނުނު ނަމަވެސް އެއީ ކެންސަރުގެ އަލާމާތަކަށް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް ރަގަޅު

ގޮތަކީ މިއިން އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމެވެ.

އުރަމަތީގެ ކެންސަރުގެ އަލާމާތްތައް (ކުރުކުރުކޮށް):

- އުރަމަތީގައި ގަނޑުލުން

- ކިހިލިފަތުގައި ގޮށްލުން ނުވަތަ ދުޅަވުން

- އަޑިކޮޅުތަކެއް ފަދައިން ހަމުގެ އޮމާންކަމަށް ބަދަލުއައުން

- ވައްގަނޑަށް ބަދަލުއައުން ނުވަތަ ވައްގަނޑުން ދިޔައައުން

" (ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފްލެޔަރ)

އުރަމަތީގެ ކެންސަރު ޖެހުމަށް ދިމާވާ (މަގުފަހިވާ) މައިގަނޑު ސަބަބުތައް

އުރަމަތީގެ ކެންސަރު ޖެހުމަށް ދިމާވާ ހަގީގީ ސަބަބު

އަދި ހޯދިފައެއް ނުވެއެވެ. އެއްވެސް ސަބަބަކާ ނުލާ ވެސް އުރަމަތީގެ ކެންސަރު ބައެއް

ފަހަރު ޖެހޭކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިކެންސަރު ޖެހުމަށް މަގުފަހިވާ ބައެއް

ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް

ތިރީގައި މިވަނީ އެވެ.

(ހ) އުމުރު : ހަޔާތުގެ ކޮންމެ 10 އަހަރަކުން

އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ދެގުނަ އިތުރުވެގެން ދެއެވެ. އުމުރުން ދޮށީވުމުން

އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން

އުމުރުން 30 އަހަރުން މަތިވުމުން މިބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. އުމުރުން

ވަރަށް ކުޑައިރު ގައި ވެސް އުރަމަތީގެ ކެންސަރު ޖެހުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް

އަންހެންމީހާގެ އުމުރުން މައްޗަށްދިޔަވަރަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވެގެން

ދެއެވެ. މިގޮތުން ބަލާއިރު އުމުރުން 40-30 އަހަރާއި ދެމެދުގެ އަންހެނުންނަށް އުރަމަތީ

ކެންސަރު ޖެހޭ ނިސްބަތަކީ ކޮންމެ 280 ން 1 މީހެކެވެ. އުމުރުން 40 ވުމުން އެނިސްބަތް

ކޮންމެ 70 ން 1 މީހަކަށް ބަދަލުވެއެވެ. އަދި 50 އަހަރުވުމުން 40 ން 1 އަދި 60 އަހަރުވުމުން

30 ން 1 މީހަކަށް ބަދަލުވެއެވެ.

(ށ) ޖިންސް ނުވަތަ އަންހެނަކަށްވުން : އުރަމަތީ

ކެންސަރު ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް އެތައް ގުނައެއް އިތުރެވެ.

(ނ) ވާރުތަވުން ނޫނީ އާއިލާގެ ތެރޭގައި ބަލި

ދައުރުވަމުން އައުން : އާއިލާގެ މީހަކަށް އުރަމަތީގެ ކެންސަރު ޖެހިފައިވާނަމަ، އެއާއިލާގައި

ހިމެނޭ އެހެން މެންބަރުންނަށް %5 އާއި %10އަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް

ދިރާސާތަކުން ދައްކައެވެ. އާއިލާގެ އަންހެނުންގެ ތެރޭގައި ވަކިން ޚާއްޞަކޮށް ފުރަތަމަ

ދަރަޖައިގެ ގާތްތިމާގެ މީހުންގެ ތެރޭގައި އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުން ހިމެނޭނަމަ

އެމީހަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. އޭގެތެރޭގައި ބައްޕަ ފަރާތުގެ މީހުންނާއި

މަންމަ ފަރާތުގެ މީހުން ވެސް ހިމެނެއެވެ. އާއިލީ ގޮތުން ވާރުތަވާ ބަލިކަށީ ވިރާސީ ބަހާއެއްގެ

ސަބަބުން އުރަމަތީގެ ކެންސަރު ޖެހެނީ ނިސްބަތުން މަދުބަޔަކަށެވެ.

(ރ) މައްސަރު ކަންތައް ފެށޭ އުމުރު ހަނގުވުން

: އުމުރުން 11 އަހަރު ވުމުގެ ކުރިން މައްސަރު ކަންތައް ޖެހުމަކީ އުރަމަތީގެ ކެންސަރު

ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. އާންމު ގޮތެއްގައި އަންހެން ކުދިން މައްސަރު ކަންތައް

ޖެހެނީ އުމުރުން 12 ނުވަތަ 13 އަހަރުގެ ތެރޭގައެވެ. ނަމަވެސް ބައެއް އާއިލާ ތަކުގައި

އުމުރުން 9 އަހަރު ވުމުން ވެސް މައްސަރު ކަންތައް ޖެހެން ފަށައެވެ. މިފަދަ ކުދިންނަކީ

އެހެން ކުދިންނަށްވުރެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑު ބައެކެވެ.

(ބ) އިއްދައިން ކެނޑޭ އުމުރުން މަތިވުން

: އުމުރުން 55 އަހަރު ވުމަށްފަހު، އިއްދައިން ކެނޑުމަކީ ވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ

ފުރުޞަތު ބޮޑުވާ ކަމެކެވެ. އިއްދައިން ކެނޑުމުން ހަށިގަނޑުގެ ތެރޭގައި ދައުރުވާ ހޯރމޯން

ތަކުގެ މިންވަރަށް ބަދަލު އާދެއެވެ. މިހޯރމޯންތައް ހަށިގަނޑުގެ ތެރޭގައި ދައުރުވާ މުއްދަތު

އިތުރުވި ވަރަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ.

(ޅ) ފުރަތަމަ ފަހަރަށް ބަލިވެ އިންނަ އުމުރު

މަތިވުން: ދިރާސާތަކުން ދައްކާގޮތުގައި ފުރަތަމަ ފަހަރަށް ބަލިވެ އިންނައިރު އުމުރުން

30 އަހަރަށްވުރެ ތިރި ނަމަ އުރަމަތީ ކެންސަރު ޖެހުމުން ކޮންމެވެސް ވަރެއްގެ ހިމާޔަތެއް

ލިބިދޭނެއެވެ.

(ކ) އުރަމަތީގެ އެއް ފަރާތަށް ކެންސަރު ޖެހުން

: އުރަމަތީގެ އެއްފަރާތަށް ކެންސަރު ޖެހިފައިވާނަމަ، އަނެއް ފަރާތަށް ކެންސަރު ޖެހުމުގެ

ފުރުޞަތު ބޮޑެވެ.

(އ) އުރަމަތީގައި ގަނޑުލުން : އުރަމަތީގައި

ހުންނަ ކޮންމެ ގަނޑަކީ ކެންސަރަށް ނުވެ ހިނގައިދާނެ އެއްޗެކެވެ. ނަމަވެސް އުރަމަތީގައި

ގަނޑުލުމަކީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރެއިން އެއް އަލާމާތެވެ.

(ވ) ބާރު ގަދަ ނޫނި އެކި ކަހަލަ ބޭސް ބޭނުންކުރުން

: ހޯރމޯން އެކުލެވޭ ބޭސްތައް، އަދި ބާރުގަދަ ބޭސްތައް ބޭނުންކުރުމަކީ ވެސް ކެންސަރަށް

މަގުފަހިވާ ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ. އެހެންކަމުން ޑޮކްޓަރެއްގެ

ލަފާގެ މަތިން ބޭސް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މިސާލަކަށް ހޯރމޯން މަދުވުމުގެ

ސަބަބުން ބޭހުގެ ސިފައިގައި ދިގު މުއްދަތަށް ހޯރމޯންގެ ފަރުވާ ލިބިފައިވުން، ނުވަތަ

ދޭތެރެ ދުރުކުރާ ބޭސް ދިގުމުއްދަތަކަށް ބޭނުންކުރުމަކީ ވެސް އުރަމަތީގެ ކެންސަރު ޖެހުމަށް

މަގުފަހިކުރާ ކަންތައްތަކެވެ.

(މ) ހަށިގަނޑުގެ ބަރުދަން މައްޗަށްދިއުން

ނޫނީ އާދަޔާ ޚިލާފަށް ފަލަވުން : މާބޮޑަށް ފަލަވުމަކީ ވެސް އުރަމަތީގެ ކެންސަރު ޖެހުމަށް

މަގުފަހިކުރާ ކަމެކެވެ. އަދި އިއްދައިން ކެނޑުމަށްފަހު އުރަމަތީގެ ކެންސަރު ޖެހުމުގެ

ފުރުޞަތު ބޮޑުވާ މީހުންގެ ތެރޭގައި ހަށިގަނޑުގެ ސަރުބީ ގެ މިންވަރު ހުންނަންޖެހޭ މިންވަރަށްވުރެ

މަތީގައި ހުންނަ މީހުން ހިމެނެއެވެ.

(ފ) ދަރިއަކު ލިބިފައިނުވުން : ދުވަހަކު

ވެސް ދަރިން ނުލިބޭ އަންހެނުންނަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުމީހުންގެ

ތެރޭގައި ހިމެނޭ ބައެކެވެ.

(ދ) ގާތުން ކިރުދީފައި ނުވުން : ތުއްތު ދަރިފުޅަށް

އުމުރުން 6 މަސްވަންދެން، ގާތުން ކިރުނުދިނުމާއި، ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން

ގާތުން ކިރު ނުދިނުމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ.

(ތ) އެހެނިހެން ކަންތައްތައް

:

- ދުންފަތުގެ އިސްތިއުމާލުކުރުން

- މަސްތުވާތަކެތި އަދި ބަނގުރާ ބޭނުންކުރުން

- ކަސްރަތު ނުކުރުމާއި، ހެލިފެލިވެއުޅުން މަދުވުން

- އުރަމަތީގެ ކެންސަރު ނޫން އެހެނިހެން ގަޑުއުފެދުން

- މެޔަށް ނުވަތަ އުރަމައްޗަށް ރޭޑިޔޭޝަންގެ ފަރުވާ ދީފައިވުން

- އުރަމަތީގެ ކެންސަރާއި ގުޅުންހުރި ޖީންތަކަށް ބަދަލު

އައިސްފައިވާކަން ޓެސްޓްތަކުން ސާބިތުވުން

އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ފާހަގަކުރެވޭ މީހުން

- އުރަމަތީގެ ކެންސަރު އެއްފަހަރު ޖެހި ފަސޭހަވެފައިވާ

މީހުން

- އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހަކު ހުރި އާއިލާއެއްގައި

ހިމެނޭ އަންހެނުން

- ޒުވާން ދުވަސްވަރު ކެންސަރު ޖެހި ރޭޑިއޭޝަން ދިނުމުގެ

ތެރޭގައި އޭގެ އަސަރު އުރަމައްޗަށް ކޮށްފައިވާ މީހުން

- އުމުރުން މާދޮށިވާފަހުން ދަރިން ލިބޭމައިން

- އުމުރުން ދުވަސްވީ މީހުން

- ދަރިމައިނުވާ އަންހެނުން

- ގާތުންނުދޭ އަންހެނުން

- މައްސަރު ކަންތައް އަވަހަށް ޖެހުން / ނޫނީ އިއްދައިން

ކެނޑުން ލަސްވާމީހުން

- އާދަޔާ ޚިލާފަށް ބޮޑަށް ފަލަމީހުން

- ހޯރމޯން އެކުލެވޭ ބޭސް ބޭނުންކުރާ މީހުން

މިބަޔާންކުރެވުނު މީހުންނަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ

ފުރުޞަތު ބޮޑުކަމަށް ތަޖުރިބާކާރުން ފާހަގަކޮށްފައިވާ މީހުން ކަމަށްވިޔަސް، މިކަމާމެދު

ދެވޭ ޔަގީންކަން އަދިވެސް އެހާބޮޑެއް ނޫނެވެ.

އުރަމަތީގެ ކެންސަރަށް ސްކްރީންކުރުން

އުރަމަތީގެ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމުން

ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމަށް މަގުފަހި ވެއެވެ. އަވަހަށް މިބަލި ދެނެގަނެވިއްޖެނަމަ

އެކަށީގެންވާ ފަރުވާ ލިބިގަނެ، މިބަލީގެ ނުރައްކަލުން ސަލާމަތް ވެއެވެ. އަލާމާތްތައް

އަވަހަށް ދެނެގަތުމުން ފުރާނަ ސަލާމަތް ކުރެވިދާނެއެވެ. ސްކްރީން ކުރުމަށް ޑޮކްޓަރުން

އިރުޝާދު ދެއްވައިފިނަމަ، ލަސްނުކޮށް އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަކީ ވަރަށް

މުހިއްމު ކަމެކެވެ. އަމިއްލައަށް ބޭނުންވެއްޖެ ހާލަތެއްގައި ވެސް ޑޮކްޓަރަށް ދައްކައިގެން

ސްކްރީން ކުރެވިދާނެ އެވެ.

އުރަމައްޗަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި

ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

01. އަބަދުވެސް އުރަމަތި ހުންނަގޮތް އަމިއްލައަށް ދަސްކޮށް

ދެނެގަތުން

02. އަމިއްލައަށް އުރަމަތީގެ އެއްވެސް ކަމެއްހުރިތޯ ބަލާ

ޓެސްޓުކުރުން : އުރަމަތި ބަލާނެގޮތް ޑޮކްޓަރެއް ނުވަތަ ޞިއްހީ އެހީތެރިއެއްގެ ލަފާގެ

މަތިން ދަސްކޮށްގެން، ކޮންމެ މަހަކު ނުވަތަ ދެތިން މަހުން އެއްފަހަރު އަމިއްލައަށް

ބަލާ ޗެކުކުރެވިދާނެ އެވެ.

03. އުރަމަތީގައި ގަނޑުލާފައިވޭތޯ ޑޮކްޓަރުގެ އެހީގައި ބެލުން

04. އުރަމައްޗަށް އެއްވެސް އާދަޔާ ޚިލާފު ބަދަލެއް އައިސްފައިވާނަމަ

ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

އުރަމަތީގެ ކެންސަރަށް ހުޝިޔާރުވެ އަވަހަށް ދެނެގަތުމަށް ނުވަތަ ސްކްރީން ކުރުމަށް ކުރެވޭ ކަންތައްތައް:-

- އަމިއްލައަށް އަތްލާ ބަލާ ފާސްކުރުން

- ޑޮކްޓަރެއްގެ އެހީގައި އުރަމައްޗަށް އެއްވެސް ބަދަލެއް

އައިސް،ގަނޑުލާފައި ހުރިތޯ ބެލުން

- މެމޯގްރަފީ ހެދުން

- އުރަމަތީގެ ސްކޭން އެއް ހެދުން

އުރަމަތީގެ ކެންސަރު ހުރިތޯ ބެލިދާނެ ގޮތްތައް

(ހ) މެމޯގްރާމް ހެދުން : އުރަމަތީގެ ކެންސަރުޖެހިފައިވާކަން

ޝައްކުކުރެވޭނެ އެންމެ ފާޅުކަންބޮޑު އަލާމާތަކީ އުރަމަތީގައި ހަރުތަނެއް ނުވަތަ ގަނޑު

އުފެދުމެވެ. މިބާވަތުގެ ހަރުތަންކޮޅު އުރަމަތީގައި ހުރިތޯ ބެލުމަށް ކުރެވޭ އެންމެ ޚާއްޞަ

ކަމަކީ މެމޯގްރާމް ކިޔާ އުރަމަތީގެ ޚާއްޞަ އެކްސްރޭ އެއް ނެގުމެވެ. އާންމުކޮށް މެމޯގްރާމް

ހަދަނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ.

(ށ) އުރަމަތީގެ ބަޔޮޕްސީ އެއް ހެދުން : އުރަމަތީގައި

ހަރުތަނެއް އުފެދިފައިވާނަމަ، ނުވަތަ ގަނޑުލައިފައި ހުރެއްޖެނަމަ، އެއީ ކެންސަރުގެ

ސަބަބުން ދިމާވެފައިވާ ކަމެއްތޯ ދެނެގަތުމަށްޓަކައި ވީހާވެސް އަވަހަކަށް ޓެސްޓްކުރެވޭތޯ

ބަލަންވާނެ އެވެ. މިއީ އުރަމަތީގެ ހަރުވެފައިވާ ތަނުން ކުޑަ އެތިކޮޅެއް ނަގައިގެން

ކުރާ ޓެސްޓެކެވެ. އެގޮތުން އެތިކޮޅެއް ނެގުމަށްފަހު މައިކްރޮސްކޯޕްގެ އެހީގައި ކެންސަރުގެ

ނިޝާނެއް ފެނޭތޯ ސެލްތައް ބަލާނެއެވެ.

(ނ) އުރަމަތީގެ އަލްޓްރާ ސައުންޑް ސްކޭން

އެއް ހެދުން : މިއީ ވެސް އުރަމައްޗަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވޭނެ ގޮތެކެވެ.

މިއީ އާންމުކޮށް އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ހެދޭ ޓެސްޓެކެވެ.

(ރ) ފައިން ނީޑްލް އެސްޕައިރޭޝަން ސައިޓޮލޮޖީ

: އެގޮތުން ސިރިންޖެއްގެ އެހީގައި ކެންސަރު އަސަރުހުރިކަމަށް ޝައްކުވާ ހިސާބުން އެތިކޮޅެއް

(މަސްކޮޅެއް / ދިޔަކޮޅެއް) ނެގުމަށްފަހު މައިކްރޮސްކޯޕްގެ އެހީގައި ސެލްތަކުން ކެންސަރުގެ

ނިޝާނެއް ފެނޭތޯ ބަލާނެއެވެ.

މިގޮތަށް ހެދޭ ޓެސްޓުތަކުން އެކަށޭނަ ނަތީޖާ ލިބުނު

ނަމަވެސް ބައެއް ފަހަރު %100 ނަތީޖާއެއް ނުނިކުތުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް

ޓެސްޓުކުރަން ގަނޑުކޮޅުން، ނެގޭ މަސްކޮޅުގައި ކެންސަރުގެ އަސަރު ނެތްކަމުގައި ވިޔަސް،

އެގަނޑުގެ އެހެން ހިސާބެއްގައި ކެންސަރުގެ އަސަރު ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން އަބަދުވެސް ސްކްރީން ކުރުމަށް ފަހު ވެސް ގަވާޢިދުން ބަލަމުން ގެންދިއުމަކީ

މުހިއްމު ކަމެކެވެ.

އުރަމައްޗަށް އަންނަ ބަދަލު އަމިއްލައަށް ބަލާނެގޮތްތައް

އުރަމަތީގެ ކެންސަރު ދެނެގަތުމަށް އަމިއްލައަށް އުރަމަތީގެ

އެއްވެސް ކަމެއްހުރިތޯ ބަލާޓެސްޓު(self-examination)ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އުރަމަތި ބަލާނެގޮތް ޑޮކްޓަރެއް

ނުވަތަ ޞިއްހީ އެހީތެރިއެއްގެ ލަފާގެ މަތިން ދަސްކޮށްގެން، ކޮންމެ މަހަކު ނުވަތަ ދެތިން

މަހުން އެއްފަހަރު އަމިއްލައަށް ބަލާ ޗެކުކުރެވިދާނެ އެވެ.

"ގޭގައި ހުރެގެން ވަރަށް ފަސޭހައިން ޗެކުކުރެވޭ ގޮތްތަކެއް ހުރެއެވެ.

އެގޮތްތަކަކީ އުރަމަތި، އަދި މޭމަތި ރަނގަޅަށް ބެލުމަށްފަހު، އަތް އުގުޅާލައިގެން ހަރުތަނެއް

ނުވަތަ ގޮށެއް ހުރިތޯ ބެލުމެވެ. މިގޮތަށް ބަލާއިރު އަތްތިލައިގެ އިނގިލިތައް ބޭނުންކޮށްގެން،

މަތިން ތިރިއަށް، ނުވަތަ ތިރިން މައްޗަށް މުޅި އުރަމަތީގައި މަޑުން، އަދި މެދުމިނަކަށް،

އަދި ބާރަށް އަތް އުގުޅާނީ އެވެ. މިގޮތަށް އަތްއުގުޅާއިރު އިނގިލިތަކުގެ ކޮޅުގެ ބަދަލުގައި

މުޅި އިނގިލި ބޭނުންކުރުން މުހިއްމެވެ. މިގޮތަށް ބެލުން އެންމެ ރަނގަޅު ދުވަސްވަރަކީ

ކޮންމެ މަހެއްގެ މައްސަރު ދުވަސްވަރަށް ފަހުއެވެ. މައްސަރު ކަންތައް ގަވާޢިދުން ނުޖެހޭމީހުން،

ނުވަތަ އިއްދައިން ކެނޑިފައިވާ މީހުން، ކޮންމެ މަހެއްގެ ވެސް އެއް ދުވަހު، ވަކި ދުވަހެއް

ޚިޔާރުކޮށްގެން ބެލުން މުހިއްމެވެ." (ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ބުކްލެޓް)

ފެންވަރާ ވަގުތު ބަލާނެގޮތް

- ފެންވަރާ ވަގުތު މިކަންކުރާނީ ގައިގައި ސައިބޯނިލާ ވަގުތުގައެވެ.

ކަނާތް ފަރާތު އުރަމަތީގެ ބެލުންތައް އަބަދުވެސް ބަލާނީ ވައަތުންނެވެ. ވައަތް ފަރާތު

އުރަމަތީގެ ބެލުންތައް ބަލާނީ ކަނައަތުންނެވެ.

- ބަލަންބޭނުންވާ އުރަމައްޗާއި ވީފަރާތުގެ އަތްތިލަ ބޯމަތީގައި

ނުވަތަ ކަދުރާ މަތީގައި ބާއްވާށެވެ.

- ބޯމަތީގައި ނުވަތަ ކަދުރާ މަތީގައި ބޭއްވި އަތްނޫން

އަނެއް އަތުގެ އަތްތިލައިގެ އިގިލިތަކުގެ ހުދުހަމާވީ ފަރާތުން އުރަމަތީގައި ހަރުތަނެއްހުރިތޯ

މަޑުމަޑުން އަތްއުގުޅައިގެން ބަލާށެވެ.

މިގޮތަށް އެއް އުރަމަތި ބަލައި ނިމުމުން އަނެއް އުރަމަތި

ވެސް ބަލާށެވެ.

"ފެންވަރަށް ހުރެގެން ކަނާތް މައްޗަށްނެގުމަށްފަހު އަތުގައި

ސައިބޯނި ލާފައި، އިނގިލިތަކުން އުރަމަތި އޮށޯވެ އޮވެގެން ޗެކުކުރިފަދައިން {އަތުގެ

އިނގިލިތަކުން ކުދި ވަށްބުރުތަކެއް އަޅަމުން މަތިން ތިރިއަށް އުރަމަތީގައި އެއްކޮށް

އުގުޅާށެވެ. އަތް އުގުޅާއިރު މަޑުން، އަދި މެދުމިނަށް، އަދި ބާރަށް ފިއްތަމުން ، އުނގުޅަމުން

ގެންދާށެވެ.} ޗެކުކުރާށެވެ. ކަނާތު އުރަމަތި ނިމުމުން ވާތު އުރަމަތި ހަމަ މިގޮތަށް

ޗެކުކުރާށެވެ". (ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ބުކްލެޓް)

އޮށޯވެއޮވެގެން ބަލާނެގޮތް

އޮށޯވެގެން އުރަމަތި ބަލާއިރު އެކަންކުރާނީ ގައިގައި

ހެދުމެއް ނެތި އެވެ. ނަމަވެސް މޭމަތީގައި ތުނި ފޮތިކޮޅެއް އަޅައިގެން ބެލިދާނެއެވެ.

- އުޑުތިލަމަތިން އޮށޯންނާށެވެ.

- ބަލަން ބޭނުންވާ އުރަމައްޗާވީ ފަރާތުގެ ބޮނބިފަޅީގެ

ދަށަށް ބާލީހެއް ނުވަތަ ދެތިން ހަތަރު ފަށަށް ފަތްޖަހާފައިވާ ތުވާއްޔެއް ލައްވާށެވެ

- ބަލަން ބޭނުންވާ އުރަމައްޗާވީ ފަރާތުގެ އަތްތިލަ ނިއްކުރި

މަތީގައި ބާއްވާށެވެ. ނުވަތަ ބޯދަށަށް ލައްވާށެވެ.

- ނިއްކުރި މަތީގައި ނުވަތަ ބޯދަށަށް ލެއްވި އަތްނޫން،

އަނެއް އަތުގެ އަތްތިލައިގެ ހުދުހަމާވީ ފަރާތުން މަޑުމަޑުން ވައްބުރަށް ވާގޮތަށް އުރަމަތީގައި

އަތްއުގުޅައި، ހަރުތަނެއް ހުރިތޯ ބަލާށެވެ.

- މިގޮތަށް ފުރަތަމަ ބެލުން ބަލައި، ނިންމުމަށްފަހު ނިއްކުރިމަތީގައި

ނުވަތަ ބޯދޮށަށް ލެއްވި އަތްތިރިކޮށް އެދުމަތީގައި ބާއްވައި އަނެއް އަތުން ކުރިން ބެލިގޮތަށް

އަލުން ވެސް ބަލާށެވެ.

- މިގޮތަށް އެއްފަރާތް ބަލައި ނިމުމުން އަނެއް ފަރާތް

ވެސް ބަލާށެވެ.

"އޮށޯވެ އޮވެގެން ބަލާއިރު ކަނާތު ކޮނޑުދޮށަށް ބާލީހެއް ލާފައި

ކަނާތް ބޯދަށަށް ލާށެވެ. އަތުގެ އިނގިލިތަކުން ކުދި ވަށްބުރުތަކެއް އަޅަމުން މަތިން

ތިރިއަށް އުރަމަތީގައި އެއްކޮށް އުގުޅާށެވެ. އަތް އުގުޅާއިރު މަޑުން، އަދި މެދުމިނަށް،

އަދި ބާރަށް ފިއްތަމުން ، އުނގުޅަމުން ގެންދާށެވެ. ކަނާތު އުރަމަތި ނިމުމުން ވާތު އުރަމަތި

ހަމަ މިގޮތަށް ޗެކުކުރާށެވެ". (ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ބުކްލެޓް)

މޫނުބަލާ ލޯގަނޑެއްގެ އެހީގައި ބަލާނެގޮތް

މިގޮތުން ބޭނުންކުރާ ލޯގަނޑަކީ ހަށިގަނޑުގެ މަތީބައި

އެކުގައި ފެންނަވަރުގެ ލޯގަނޑަކަށް ވާންވާނެ އެވެ. އަދި ހަށިގަނޑުގެ އެއްފަރާތުން ރަގަޅަށް

އަލިވާފަދަ ގޮތަކަށް ބޮތްކެއް ފަދަ އެއްޗެއްގެ އަލި ހުންނަން ބޭނުންވާނެ އެވެ. މިބެލުންބަލާނީ

ވެސް ހެދުމެއްނެތި އެވެ.

- މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ކޮޅަށް ހުއްޓޭށެވެ.

- ދެފަރާތުގެ އުރަމަތިހުރީ އެއްސިފަޔަކަށްތޯ ބަލާށެވެ.

- ދެއުރަމަތީ ބޮޑުމިން ހުރީ އެއްވަރެއްގައިތޯ ބަލާށެވެ.

- ދެއުރަމަތީގެ އުސްތިރިމިނުގައި ތަފާތެއްހުރިތޯއާއި،

އުފުލި ދުޅަވެ ނުވަތަ އަޑިވެފައިވާ ތަނެއް ހުރިތޯ ބަލާށެވެ.

- ވައްގަނޑު އިނީ ރަގަޅަށްތޯ، ނުވަތަ އުރަމަތީގެ ތެރެއަށް

އަޑިއަށް ވަދެފައިތޯ، ނުވަތަ ވައްގަނޑު ކަނޑައިގެން ގޮސްފައި ހުރިތޯ ނުވަތަ މިނޫނަސް

މިބާވަތުގެ އާދަޔާ ޚިލާފު ކަމެއް ވައްގަނޑުގައި ހުރިތޯ ބަލާށެވެ.

- އެއްއުރަމަތި ބަލައި ނިމުމުން އަނެއް އުރަމަތި ވެސް

ބަލާށެވެ.

"ލޯގަނޑު ކުރިމަތީގައި ހުރެގެން އުރަމަތީގެ ބޮޑުކުޑަމިނަށް ނުވަތަ

ސިފަޔަށް ބަދަލެއް އައިސްފައިވޭތޯ ބަލާށެވެ. އަދި ހަންގަނޑަށާއި، އުރަމަތީގެ ކޮޅުގައި

(ވައްގަނޑުގައި) ބިހިގަނޑެއް ނުވަތަ އެއްޗެއް ހުރޭތޯ ބަލާށެވެ. މިގޮތަށް އުރަމަތި ޗެކުކުރާނީ:-

01. ދެއަތް ގަޔާ ކައިރިކޮށްލާފައި ބެހެއްޓުމަށްފަހު، ދެން

02. ދެއަތް ބޯމައްޗަށްނެގުމަށްފަހު، ދެން

03. ދެއަތް އުނަގަނޑުގައި ބާރަށް ވިއްދުމަށްފަހު، ދެން

04. ކުރިމައްޗަށް ގުދުވުމަށްފަހު އެވެ. " (ކެންސަރ

ސޮސައިޓީ އޮފް މޯލްޑިވްސްގެ ބުކްލެޓް)

އަލިކަން ހުންނަގޮތުން ވެސް ބައެއް ފަހަރު އުރަމަތީގައި

އައިބެއް ހުރިކަމަށް ފާހަގަ ކުރެވިދާނެ އެވެ. ވީމާ ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލާ

ކޮންމެ ފަހަރަކުވެސް މި 3 ގޮތަށް ބަލައިލުން މުހިއްމެވެ. އުރަމަތީގައި ހަރުތަނެއް ހުރެއްޖެނަމަ

ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. މިބެލުންތައް ބަލަން އެންމެ ރަގަޅު ދުވަސްވަރަކީ

މައްސަރު ކަންތައް ނިމޭތާ ދެދުވަހެއްގެ ތެރޭގައެވެ. އެއީ މައްސަރު ކަންތައް ފެށޭތާ

ކައިރީގައި ބައެއް ކަހަލަ ބަދަލުތައް އުރަމައްޗަށް އަންނާތީ އެވެ.

ކެންސަރު ފެތުރިފައިވާ މިންވަރު ބެލުން

ފުރަތަމަ ބެލުމާއި، ކުރެވޭ ޓެސްޓުތަކުގެ އެހީގައި ކެންސަރު

ހުރިކަން ޔަގީންވެއްޖެ ހިނދު، ދެން އޮތް މަރުހަލާ އަކީ ކެންސަރުގެ އަސަރު ހުރީ ކިހާވަރަކަށްތޯއާއި،

އަދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިފައިވޭތޯ ބެލުމެވެ. އަދި މިބަލި ހުރި މަރުހަލާ

ދެނެތުމެވެ. އެގޮތުން ކުރެވޭ އިތުރު ތަހުލީލުތަކުގެ ތެރޭގައި:-

- ލޭގެ އިތުރު ޓެސްޓުތައް ހެދުން

- ފުއްޕާމޭގެ އެކްސްރޭ ނެގުން

- ބަނޑުގެ ސްކޭން ހެދުން

- ކަށީގެ ސްކޭން ހެދުން

އުރަމަތީގެ ކެންސަރަށް ދެވޭ ފަރުވާ

އުރަމަތީގެ ކެންސަރުގެ އަސަރުކޮށްފައިވާ މިންވަރެއްގެ

މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

އުރަމަތީގެ ކެންސަރަށް ދެވޭ ފަރުވާ ތަކުގެ ތެރޭގައި :-

- އޮޕަރޭޝަން ކުރުން

- ރޭޑިއޭޝަން ދިނުން

- މިކަމަށް ޚާއްޞަ ބޭސްދިނުން / ކީމޯތެރަޕީ ދިނުން

- ހޯރމޯން ތެރަޕީ ދިނުން

އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

- އަލާމާތެއް ފެނުމުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

- ކޮންމެ މަހަކު އަމިއްލައަށް އުރަމަތި ބަލާ ޗެކުކުރުން

- 40 އަހަރުން ދަށުގެ އަންހެނުން އުރަމަތީގެ ސްކޭން ހެދުން

އަދި 3 އަހަރުން 1 އަހަރު ޑޮކްޓަރަށް ދެއްކުން

- އުރަމަތީގައި ގަނޑުލާފައި ހުރި އަހަރަކު އެއްފަހަރު

އުރަމަތީގެ ޚާއްޞަ އެކްސްރޭ (މެމޯގްރާމް) ހަދައި، ގަނޑުތައް ޓެސްޓުކުރުން (ބަޔޮޕްސީ

ހެދުން) (ކެންސަރ ސޮސައިޓި އޮފް މޯލްޑިވްސްގެ ފްލެޔަރ)

މައުލޫމާތު :

ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު،

މއ.މާފުނަ - 2005

ސީސީއެޗްޑީސީ އަދި ޔޫއެންއެފްޕީއޭ ގުޅިގެން ނެރެފައިވާ

"އުރަމަތީގެ ކެންސަރ" ލީފްލެޓް - 2009

އުރަމަތީގެ ކެންސަރ ލީފްލެޓް - މޯލްޑިވްސް މެޑިކަލް

އެސޯސިއޭޝަން - 2013

އުރަމަތީގެ ކެންސަރު - ބުކްލެޓް - ކެންސަރ ސޮސައިޓީ

އޮފް މޯލްޑިވްސް

ކެންސަރު ދެނެގަންނާނެ އަލާމާތްތައް – ފްލެއަރ – ކެންސަރ

ސޮސައިޓީ އޮފް މޯލްޑިވްސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް