ދިވެހި ޚާރިޖީ ވަޒީރު ސައުދީ ސަފީރާއެކު - ފޮޓޯ: ޚާރިޖީ ވުޒާރާ
އިރާގުގެ ސަރަހައްދުން ފޮނުވައިލި ގިނަ ޑްރޯންތަކެއް ބޭނުންކޮށްގެން ސައޫދީ އަރަބިއްޔާގެ ރިޔާޒާއި މަދީނާ ސަރަހައްދުގައި އޮންނަ އީސްޓް-ވެސްޓް ޕައިޕްލައިނަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވާ ގޮތުން މި ހަމަލާގައި އާންމުންނަށް އަނިޔާ ލިބި ޕައިޕްލައިނަށް ގެއްލުން ވެފައިވެއެވެ. ރާއްޖެއިން ބުނެފައިވަނީ ސައޫދީ އަރަބިއްޔާގެ މުހިންމު ވަސީލަތްތަކަށް ދިން މި ހަމަލާއަކީ އެ ގައުމުގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމާ ދެކޮޅު ފާޅުކަން ބޮޑު އަމަލެއް ކަމުގައި ދެކޭ ކަމަށެވެ. އަދި މިއީ ސަރަހައްދީ ސުލްހައާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ސީރިއަސް ނުރައްކަލެއް ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ސައޫދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާ އެކު ދިވެހިރާއްޖެ ސާބިތުކަމާ އެކު ދެމި އޮތް ކަން ތަކުރާރުކޮށްފައިވެއެވެ. ހަމައެއާ އެކު ސައޫދީގެ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް އެ ގައުމުން އަޅާ ހުރިހާ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަން ވެސް ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް