ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ސްކޮލަޝިޕްގެ 40 ފުރުސަތު

ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް ޓަކައި 40 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން "ސިގްނޭޗަރ ސްކޮލަޝިޕް" ގެ ނަމުގައި ...

13 Sep 2025 | 11:51
ތަރިކަ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން -

ތަރިކަ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން -

ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ

ގޮތުން ކުރިއެރުވުމަށް ޓަކައި 40 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން "ސިގްނޭޗަރ

ސްކޮލަޝިޕް" ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަރޝިޕުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ

ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ

ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕް ފުރުސަތުތަކުގައި

ކިޔަވާ ދަރިވަރުންގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.

މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވި، ޤައުމީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.

މި ސްކޮލަރޝިޕްގައި ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަރސިޓީން

ކުރިއަށްގެންދާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. ސްކޮލަރޝިޕްގެ

ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ

ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ

ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ.

މި ފުރުސަތު ދިނުމަށް ނިންމާފައިވަނީ 40 ދަރިވަރުންނަށެވެ.

ސްކޮލަރޝިޕްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ

މެންދުރު ފަހު 14:00އާ ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ. ސްކޮލަރޝިޕަށް އެދި ގޫގުލް

ފޯމް ލިންކެއް މެދުވެރިކޮށް ހުށައެޅޭނެ އެވެ. މި ލިންކު ދިވެހި ސަރުކާރުގެ ގެޒެޓުގައި

ޝާއިޢުކޮށްފައިވާ ސްކޮލަރޝިޕާ ގުޅޭ އިޢުލާނުގައި ހިމަނާފައިވެ އެވެ. މި ސްކޮލަރޝިޕްގައި

ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ

9ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ގޫގަލް ފޯމް: https://forms.gle/GjAuJPwXjDmMCDLx6

މިފަދަ ފުރުސަތެއް ހުޅުވާލުމުގެ މަޤުޞަދަކީ ދިވެހި ތަރިކައިގެ

ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށް ތަރިކަ ދިރާސާކުރާ

ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ

ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުސަތު

ލިބޭނެ އެވެ. އަދި މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ

ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި

ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ،

"ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ ނިޒާމު" ގެ ތެރެއިން

ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް

އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި

ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި

2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކުގެ

ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ

ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިރާއްޖެއާއި ދިވެހި

ޤައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް

ތަރުޖަމާކުރުމާއި ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި

މިހާރުގެ ބަސްމަގަށް ގެނައުން ފަދަ ކަންކަން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް