އިއްޔެ ކުރިއަށްގެންދިޔަ، ބީއެމްއެލް ވާއު ކިޑްސް ރަންގެ ތެރެއިން - ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް
(ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ
މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 1000 އަށްވުރެ ގިނަ
ކުދިން ބައިވެރިވި މި ދުވުން އޮތީ އިއްޔެ ހަވީރު ހުޅުމާލޭގައެވެ.

މިދުވުމުގެ އުމުރުފުރާތަކަކީ
ދެ އަހަރާއި ތިން އަހަރާ ދެމެދު
ހަތަރު އަހަރާއި ހަ އަހަރާ ދެމެދު
ހަތް އަހަރާއި ނުވަ އަހަރާ ދެމެދު
10 އަހަރާއި 16 އަހަރާ ދެމެދު
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން
ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު
ޝަރީފް އާއި ޗެއާޕަރސަން އަޙްމަދު ޢަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުން ދުވުން ނިންމި
ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވިއެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ
ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި އިވެންޓުގެ މަގްސަދަކީ ޖިސްމާނީ
ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ
އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް