މާލޭ ގެއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ކަންހާއިރު މާފަންނުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"ފުލުހުން މިހާތަނަށް ބެލި ބެލުމުން، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނާކަށް ނެތް، މަރުވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގާ ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް