މަފާޒަކީ ހުކުމް ތަންފީޒުކޮށް ނިމިގެން ދޫކުރެވިފައިވާ މީހެއް: ޕޮލިސް

ނަދީމްގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ މަފާޒަކީ ހުކުމް ތަންފީޒުކޮށް ނިމިގެން ދޫކުރެވިފައިވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނނީ ގ ޝާރާޒް، މާލެ...

13 Aug 2017 | 07:25

ނަދީމްގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ މަފާޒަކީ ހުކުމް ތަންފީޒުކޮށް ނިމިގެން ދޫކުރެވިފައިވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނނީ ގ ޝާރާޒް، މާލެ، މުހައްމަދު މަފާޒް ހުސެއިން ސަލީމް އަކީ މޮނިކޮން އަމުރާއި ހިލާފުވެގެން ހައިކޯޓުން އެއް އަހަރުގެ ޖަލު ހުކުމެއް ކޮށް އެ ހުކުމް ތަންފީޒުކޮށް ނިމިގެން މި އަހަރުގެ އޭޕްރީލް މަހު ބަންދުން ދޫކުރެވިފައިވާ މީހެއް ކަމަށެވެ.

ފުލުހުން މި މައުލޫމާތު އާއްމު ކޮށްފައިމިވަނީ މަފާޒަކީ މޮނިކޮން އަމުރާއި ހިލާފުވެގެން ޖަލު ހުކުމެއް އިއްވާފައިވާ މީހެއް ކަމުގައިވާއިރު އޭނާ މުޖްތަމައަށް ދޫވެފައިވަނީ ކިހިނެއްކަމާއިމެދު އާންމުން ސުވާލު އުފައްދާފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް