ރެސްޓޯރެންޓަކުން ޓޫތުޕިކު ހޯލްޑަރު ވަގަށްނެގި މީހަކު ހޯދައިދިން މީހަކަށް 20 ސޭންޑްވިޗު ހުށަހަޅައިފި

ނިއުޔޯކުގެ ސަން އޮފް އަ ގަން ނަމަކަށް ކިޔާ ރެސްޓޯރެންޓަކުން ޓޫތު ޕިކު ހޯލްޑަރެއް ވަގަށް ނެގި މީހަކު ހޯދައިދިން މީހަކަށް 20 ސޭންޑްވިޗް ދޭނެ ކަމަށް އެ ރެސްޓޯރެންޓުން އާއްމު ކޮށްފި އެވެ. ވައްކަން ކުރި މަ...

13 Aug 2017 | 05:08

ނިއުޔޯކުގެ ސަން އޮފް އަ ގަން ނަމަކަށް ކިޔާ ރެސްޓޯރެންޓަކުން ޓޫތު ޕިކު ހޯލްޑަރެއް ވަގަށް ނެގި މީހަކު ހޯދައިދިން މީހަކަށް 20 ސޭންޑްވިޗް ދޭނެ ކަމަށް އެ ރެސްޓޯރެންޓުން އާއްމު ކޮށްފި އެވެ.

ވައްކަން ކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިންސްޓަގްރާމުގައި އާއްމު ކޮށްފައިވާއިރު ޓޫތު ޕިކް ހޯލްޑަރު ހިފައިގެން މީހަކު ނިކުމެގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އެ ވީޑިއޯއާއެކު ރެސްޓޯރެންޓުގެ އޯނަރު ބުނެފައިވަނީ އެ ޓޫތު ޕިކު ހޯލްޑަރަކީ އާސާރީ އެއްޗެއް ކަމަށާއި ހޯދައިދިން މީހަކަށް ރޯސްކުރި ކުކުޅުލީ 20 ސޭންޑްވިޗް ހިލޭ ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް