މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. ހިމަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އއ. މާޅޮހަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ މާލެއާއި އއ. ފެރިދޫ، މާޅޮސް އަދި ހިމަންދޫއާ ދެމެދު ދަތުރުކުރާ ލޯންޗެއް އއ. ހިމަންދޫ ޖެޓީގައި އަޅާފައިވަނިކޮށް އެލޯންޗް ބަލައިފާސް އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
"މި ލޯންޗު ބަލައިފާސްކުރިއިރު އެލޯންޗުގެ ސީޓްގެ ވަތްގަނޑުން ފެނުނު ކޮތަޅެއްގެ ތެރެއިން ފެނުނު ޖިންސެއްގެ ކުޑަ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ. އަދި އެކޮތަޅު ތެރެއިން ފެނުނު އެހެން ޖިންސެއްގެ ޖީބު ތެރެއިން ފެނުނު ކުޑަ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ."ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. މިމައްސަލަ އއ. ހިމަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް