ނޭޕާލުގައި ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 36 އަށް، ގެއްލިފައިވާ މީހުންގެ އަދަދު 12 އަށް

ނޭޕާލުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 36 މީހަކު މަރުވެފައިވާއިރު 12 މީހަކު ގެއްލިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ހާމަކޮށްފި އެވެ. އެގައުމުގެ ހޯމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ނޭ...

13 Aug 2017 | 04:45

ނޭޕާލުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 36 މީހަކު މަރުވެފައިވާއިރު 12 މީހަކު ގެއްލިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ހާމަކޮށްފި އެވެ.

އެގައުމުގެ ހޯމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ނޭޕާލުގެ ސުންސާރީ ޑިސްޓްރިކްޓުން ހަތް މީހަކު މަރުވެފައިވާއިރު ސިނދުޅީން ހަތަރު މީހަކު މަރުވެފައި ވެ އެވެ. ޖާޕާ، ބަންކޭ، މޮރާންކް އަދި ޕަންޗްތާރު ޑިސްޓްރިކްޓުން އިތުރު މީހުން މަރުވެފައިވާކަމުގައިވެސް ހޯމް މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ.

ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ފަށާފައިވާކަމަށްވެސް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް