އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް އޮމަދޫގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ކުށްމަދު ކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތ.އޮމަދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ފުލުހުން ބުނީ މި ހިނގާ އޮގަސްޓް މަހުގެ 10 ވަނަދުވަހު ހ...

13 Aug 2017 | 04:33

ކުށްމަދު ކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތ.އޮމަދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މި ހިނގާ އޮގަސްޓް މަހުގެ 10 ވަނަދުވަހު ހިންގި ޕްރޮގްރާމުގައި ކުށްމަދު ކުރުމާއި ގުޅޭގޮތުންނާއި ވިޔަފާރަވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށާއި އެގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ފައިސާގެ ސެކިއުރިޓީ ފީޗަރސްތަކުގެ މަޢުލޫމާތާއި ފިހާރައާއި މުދަލުގެ ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކުން މަކަރާއި ހީލަތުން އޮޅުވާލައިގެން ރީލޯޑް ރާސްޓަސް ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމާއި ފިހާރަ އާއި މުދަލުގެ ރައްކާތެރިކަމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ އިތުރުން ސީސީޓީވީ ހަރުކުރުމުގެ މުހިންމުކަމާއި އެނޫންވެސް ސަލާމަތީގޮތުން ބޭނުންކުރެވިދާނެ އާލާތްތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވާކަމަށެވެ.

މީގެއިތުރުން ބިދޭސީން ކައުންޓަރުގައި ނުބޭތިއްބުމަށާއި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ފިހާރައިގައި ނުބެހެއްޓުމާއި 18 އަހަރުން ދަށުގެ ކުދިންނަށް ސިނގިރޭޓާއި ދުންފަތް ފަދަ ތަކެތި ނުވިއްކުމަށް އިރުޝާދު ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.

ތ.އަތޮޅު އަތޮޅު ރަށްތަކުގެ ރައްޔިތުންނާއި ވިޔަފާރި ވެރިން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ދަނީ ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް