ނޭޕާލަށް ކުރަމުންދާ ވިއްސާރައިގަ ހާލުގައި ޖެހިފައިވާ ދިވެހި ދަރިވަރުންގެ ހާލު ވަރަށް ގަތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ކޯރެއް ބަންޑުން ވެގެން ނޭޕާލުގެ ސަރަހައްދެއް ކަމަށްވާ ގިރާތުނަގަރުގައި ވަނީ ފެންބޮޑުގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ އާއި ހިސާބަށް ފެންބޮޑުވެފަ އެވެ. ގިރާތުނަގަރަކީ އިންޑިއާއި ނޭޕާލު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިމެނޭ ސިޓީ އެވެ.
އެއީ ގިނަ ދިވެހި ދަރިވަރުންތަކެއް ޑޮކްޓަރުކަން ކިޔަވަން ގޮސްތިބި ސިޓީ އެކެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ދަރިވަރުން ތިބީ ހެޔޮ ހާލުގައި ކަމަށާއި އެކުދިންގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.
އަދި އެކުދިންނަށް އެހީތެރިކަން ބޭނުންވޭތޯ ބަލަމުންދާ ކަމަށް ބުނެ އެވެ. މީގެ އިތުރުން ނޭޕާލަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ ހާދިސާވެސް ކައިރިން މޮނީޓާ ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގިރާތުނަގަރުގައި ދިވެހި 33 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވަމުންދެ އެވެ. އަދި އެ ސަރަހައްދުގައި ދިވެހި ކިޔަވާ ކުދިންތިބި ހޮސްޓެލްއެއްގެ ފުރަތަމަ ދެ ފަންގިފިލާ އާއި ހިސާބަށް ވަނީ ފެންބޮޑުވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ނޭޕާލަށް މިހާރު ކުރިމަތިވެފައިވާ ހާދިސާގައި މިހާތަނަށް 36 މީހަކު މަރުވެ 12 މީހަކު ވަނީ ގެއްލިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް