ރޭލު އެކްސިޑެންޓްވި ސީނަށް ގޮސް ސެލްފީ ނެގި މެޑިކުންނާއިމެދު ފިޔަވަޅު އަޅައިފި

މިސްރުގައި ރޭލު އެކްސިޑެންޓެއް ހިނގުމުން އަނިޔާވި މީހުންނަށް އެހީތެރިވި މެޑިކަލް އޮފިޝަރުންތަކެއް އެ ސަރަހައްދަށްގޮސް ސެލްފީ ނެގުމުން އެ އޮފިޝަރުންނާއިމެދު އެގައުމުގެ ހެލްތު މިނިސްޓްރީން ފިޔަވަޅު އަޅަ...

13 Aug 2017 | 03:43

މިސްރުގައި ރޭލު އެކްސިޑެންޓެއް ހިނގުމުން އަނިޔާވި މީހުންނަށް އެހީތެރިވި މެޑިކަލް އޮފިޝަރުންތަކެއް އެ ސަރަހައްދަށްގޮސް ސެލްފީ ނެގުމުން އެ އޮފިޝަރުންނާއިމެދު އެގައުމުގެ ހެލްތު މިނިސްޓްރީން ފިޔަވަޅު އަޅައިފި އެވެ.

މިސްރުގައި ހުކުރު ދުވަހު ހިނގި ރޭލު އެކްސިޑެންޓްގައި 41 މީހަކު މަރުވެފައި ވެ އެވެ. އަދި 179 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ.

އެ ސަރަހައްދަށްދިޔަ މެޑިކަލް 6 އޮފިސަރަކާއިމެދު ފިޔަވަޅު އަޅާފައިވަނީ އެ އޮފިސަރުން ސީނަށް ގޮސް ސެލްފީ ނަގަންތިއްބާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ އޮފިޝަރުންނާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނި ނަމަވެސް އެމީހުންނާއިމެދު އަޅާފައިވަނީ ކޮން ފިޔަވަޅެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް