ސުމަތުރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިޔާގެ ސުމަތުރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. މެޓް އޮފީހުން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި 3242 ކިލޯމީޓަރު ދުރުން އިންޑޮނޭޝިޔާގެ ސުމަތުރާއަށް 6.5 މެގ...

13 Aug 2017 | 03:36

އިންޑޮނޭޝިޔާގެ ސުމަތުރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި 3242 ކިލޯމީޓަރު ދުރުން އިންޑޮނޭޝިޔާގެ ސުމަތުރާއަށް 6.5 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެފައިވާކަމަށާއި އެ ބިންހެލުން އައިސްފައިވަނީ ރާއްޖޭގަޑިން ހެނދުނު 08:08ގައި ކަމަށެވެ.

ސުމަތުރާއަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވީނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މެޓް އޮފީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް