ހިމަބިހީގެ ކޭސްތައް ފެނި ކޮންޓެކްޓުންނަށް ވެކްސިން ދޭން ފަށައިފި

މާލެ ސަރަޙައްދުން ހިމަބިހި (މީސްލްސް) އަށް ޕޮޒިޓިވްވި ދެ ކޭސް މި ހަފުތާގައި ފެނި، ކޮންޓެކްޓްވި ފަރާތްތަކަށް ވެކްސިން ދޭން ފެށިފައި ވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެ...

13 May 2026 | 15:46
N/A

N/A

މާލެ ސަރަޙައްދުން ހިމަބިހި (މީސްލްސް) އަށް ޕޮޒިޓިވްވި ދެ ކޭސް މި ހަފުތާގައި ފެނި، ކޮންޓެކްޓްވި ފަރާތްތަކަށް ވެކްސިން ދޭން ފެށިފައި ވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ، ހިމަބިހީގެ ކޭސް ފެނުމާ އެކު ޢާންމުކޮށް ޢަމަލު ކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އިން ޖުމްލަ ފަސް ކޭސް ރިޕޯޓު ކޮށްފައި ވާ ކަމަށާއި، އޭގެ ތެރޭގައި ރާއްޖެ އިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އާއި އަވަށްޓެރި ޤައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު މި ދުވަސްވަރު އިތުރުވަމުންދާ ކަން އެ އެޖެންސީން ފާހަގަ ކުރިއެވެ.

ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސް ނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް