އެޕާޓްމަންޓެއްގައި އަލިފާން ރޯވެ ކޮޓަރިއަކަށް ބޮޑު ގެއްލުމެއް

ހުޅުމާލެ ފޭސް ދޭއް، ހިޔާ ޓަވަރު އަށެއްގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ އެއްގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑ...

13 May 2026 | 15:10
އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގެ ބައެއް މަންޒަރުތައް - ފޮޓޯ: އެންޑީއެމްއޭ

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގެ ބައެއް މަންޒަރުތައް - ފޮޓޯ: އެންޑީއެމްއޭ

ހުޅުމާލެ ފޭސް ދޭއް، ހިޔާ ޓަވަރު އަށެއްގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ އެއްގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ޢާންމުކުރި ޕޯސްޓެއްގައި ބުނީ، އަލިފާން ރޯވީ ހިޔާ ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައި ކަމަށެވެ. މި ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

އެ ގޭގައި ދިރިއުޅެނީ ހަތަރު މީހުންގެ ޢާއިލާ އެކެވެ. އެ ޢާއިލާ އަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް